އީރާނުގެ ގޭސް އުފައްދާ މަރުކަޒުތަކަށް އިސްރާއީލުން ހަމަލާ ދީފި
އިސްރާއީލުގެ ވައިގެ ސިފައިން، އީރާނުގެ އިގްތިސާދީ މައިނާރާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް 18 މާރިޗު 2026 ގައި ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް ހާއްސަގޮތެއްގައި އަމާޒުކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑް ކަމަށްވާ ‘ސައުތު ފާސް’ އަށާއި، އަސަލޫޔޭ އަދި ބުޝެހްރުގައި ހުންނަ ގޭސް ސާފުކުރާ މަރުކަޒުތަކަށެވެ. ”އެކްސިއޯސް” އާއި އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ސީދާ ހުއްދަޔާއެކު، އެ ގައުމާ ގުޅިގެނ...