އިސްރާއީލަށް ގޮތް ހުސްވެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް އެދިއްޖެ
ބައިނަލްއަގުވާމީ ގޮތުން މަނާކޮށްފައިވާ ކްލަސްޓަރ މުނިޝަންސް ނުވަތަ ކުދި ބޮންތައް އީރާނުން ބޭނުންކުރާ ކަމަށް ތުހުމަތުކޮށް، އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް އިސްރާއީލުން އެދިއްޖެއެވެ. ނަމަވެސް އީރާނަކީ ކްލަސްޓަރ މުނިޝަންސް މަނާކުރާ ބައިނަލްއަގުވާމީ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެއްނޫނެވެ. އިސްރާއީލުން މިގޮތަށް އެދިފައި ވަނީ 2026 ވަނަ އަހަރުގެ މާރިޗު 18 އިން 22 އަށް އީރާނުން ދިން މިސައިލް ހަމަލާތައް ހުއްޓުވަން އެ ގައުމުން ނުކުޅެދި، ދިފާއީ ނިޒާމަށް ނުކުތައި މިސައިލްތައް އިސްރާއީ...