އަޤްޞާ ނުރައްކަލުގެ ތެރޭގައި: އިސްލާމީ އުންމަތުގެ ހިމޭންކަން ކަނޑާލާނީ ކޮން އިރަކުން؟
މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. ކީރިތި ރަސޫލާ ﷺ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅު ކުރެއްވި މުޤައްދަސް ބިނާއެވެ. ނަމަވެސް، މިއަދު މި މުޤައްދަސް ބިނާ މިވަނީ ތާރީޚުގައި ނުދެކޭ ފަދަ ނުރައްކާތެރި ދަނޑިވަޅެއްގައެވެ. އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދަނީ އަޤްޞާގެ މައްޗަށް އޮތް އުރުދުންގެ ބެލެނިވެރިކަން ނައްތާލުމަށް ސިއްރު ރޭވުންތަކެއް ރާވަމުންނެވެ. އިސްލާމީ ވަންތަކަން ފޮހެލުމުގެ ރޭވުން މިއީ ހަމައެކަނި ސިޔާސީ ކުޅިވަރެއް ނޫނެވެ. މިއީ ޤުދުސްގައިވާ އިސްލާމީ ވަންތަކަން ފޮހެލުމަށް ހ...