އިސްރާއީލަށް ތާއީދުކުރާ ޖަމާއަތްތައް ލަދުގަންނަވާލައި ކެލިފޯނިއާގެ އިންތިޚާބު ޢާއިޝާ ވަހާބު ކާމިޔާބުކުރައްވައިފި
އިސްރާއީލާ އެއްކޮޅު ޖަމާއަތްތަކުން އޭނާއާ ދެކޮޅަށް ހިންގި ބޮޑު އެންޓި-ކެމްޕޭނާ ކުރިމަތިލައްވައި، އެމެރިކާގެ ކޮންގްރެސްގެ ކުރީގެ މެންބަރު އެރިކް ސްވަލްވެލް އިސްތިއުފާދެއްވުމުން ހުސްވެފައިވާ ގޮނޑި ފުރުމަށް ބޭއްވި ޚާއްސަ އިންތިޚާބު ކެލިފޯނިއާ ސްޓޭޓްގެ ސެނެޓަރު ޢާއިޝާ ވަހާބު ކާމިޔާބުކުރައްވައިފިއެވެ. މިއާއެކު އޭނާ ވެގެންދާނީ އެމެރިކާގެ ކޮންގްރެސްއަށް އިންތިޚާބުވި އަފްޣާނިސްތާނު ދަރިކޮޅުގެ ފުރަތަމަ މެންބަރަށެވެ. ޕްރޮގްރެސިވް ވިސްނުމުގެ ވަހާބު މި އިންތިޚާބު ކާމިޔާބުކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ މެދުމިނ...