ހުރުމުޒު ކަނޑުއޮޅީގައި ވަގުތީ މަގެއް ގާއިމުކުރުމަށް ގަތަރާއި އީރާނުން މަޝްވަރާކޮށްފި
ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށާއި ހުރުމުޒު ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ވަގުތީ ކޮރިޑޯއެއް ގާއިމުކުރުމާ ގުޅޭގޮތުން ގަތަރާއި އީރާނުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ގަތަރުގެ ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލްޘާނީ އީރާނުގެ ވެރިރަށް ތެހެރާނަށް ކުރެއްވި ދަތުރުފުޅުގައެވެ. ބުރާސްފަތި ދުވަހު އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީއާ ބައްދަލުކުރައްވައި ކުރިއަށް ގެންދެވި މި މަޝްވަރާތަކުގައި، އެމެރިކާއާއި އީރާނާ ދެ...