އެމެރިކާގެ ހަމަލާ އީރާނުގެ ކައިވެނި ހަފްލާއަކަށް، ކުޑަކުއްޖެއް ހިމެނޭހެން ފަސް މީހަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެއްޖެ
އީރާނުގެ ދެކުނުގައި ކައިވެނި ހަފުލާއެއް ބާއްވަމުން ދިޔަ އާންމުން ދިރިއުޅޭ ގެއަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާއެއް އަރައި، އާންމުން މަރުވެ ގިނަ ބަޔަކު ޒަޚަމްވެއްޖެ ކަމަށް އީރާނުގެ އޮފިޝަލުންނާއި ދައުލަތުގެ މީޑިއާއިން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި އޮންނަ ހޮރްމޮޒްގާން ޕްރޮވިންސްގެ ކޫހެސްތަކް ސިޓީގައެވެ. ހޮރްމޮޒްގާން ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު އަހްމަދު ނަފީސީ ފުރަތަމަ ވިދާޅުވީ، ކައިވެނި ހަފުލާގައި ބައިވެރިވި މީހުންގެ ތެރެއިން ދެ މީހުން މަ...