ދެވަނަ ބޮޑުހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް ޖަރުމަނުގެ އިންތިޚާބެއް ކަނާތުފިޔައިގެ ޕާޓީއަކުން ކާމިޔާބުކޮށްފި
ޖަރުމަނުވިލާތުގެ ސެކްސޮނީ-އަންހާލްޓް ސްޓޭޓްގެ އިންތިޚާބު ހައްދުފަހަނައެޅި ކަނާތުފިޔައިގެ ‘އަލްޓަނޭޓިވް ފޯ ޖާމަނީ’ (އޭއެފްޑީ) ޕާޓީން ކާމިޔާބުކޮށްފިއެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ޖަރުމަނުގެ ސްޓޭޓް ފެންވަރުގެ ސަރުކާރެއްގެ ބާރުތައް ހޯދުމަށް، މިފަދަ ހައްދުފަހަނައެޅި ކަނާތުފިޔައިގެ ޕާޓީއަކުން އިންތިޚާބެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އޭއެފްޑީ ޕާޓީން ވަނީ ވޯޓުގެ 44.5 އިންސައްތަ ހޯދައި، އެ ޕާޓީގެ ތާރީޚުގައިވެސް ނެރުނު އެންމެ މަތީ ނަތީޖާ ހާސިލުކޮށްފައެވެ. މ...