ރަފާހު ހުޅުވައިދޭން އެދި އާދޭސްކުރަނީ، ފަރުވާއަށް އިންތިޒާރުކުރި އެތައް ބަޔަކު ޝަހީދުވެއްޖެ
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި، ބޭރުން ފަރުވާ ހޯދަންޖެހިފައިވާ ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރަފާހު ބޯޑަރު ހުޅުވައިދިނުމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އަނެއްކާވެސް ގޮވާލައިފިއެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި ފަރުވާއަށް ފުރުމުގެ ހުއްދައަށް އިންތިޒާރު ކުރަމުންދަނިކޮށް، ބޯޑަރު ބަންދުވެފައި އޮތުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާއިން ބޭރު