Skip to main content

އައިޝަތު އައިނީ އާމިރު

Contributor
🇲🇻 ތިލަދުން Desk
542 Stories
160 Reads

Published on ތިލަދުން (Thiladhun) by އައިޝަތު އައިނީ އާމިރު

ކުޅުދުއްފުށީ ބަނދަރު އެތުމާ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
Thiladhunmathi News

ކުޅުދުއްފުށީ ބަނދަރު އެތުމާ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ކުޅުދުއްފުށީ ބަނދަރު އެތުމާ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހިނގި މި ހާދިސާ ދުށް ފަރާތަކުން “ތިލަދުން” އަށް މައުލޫމާތު ދިންގޮތުގައި، އެކްސިޑެންޓު ހިނގަން މެދުވެރިވީ، ކުޅުދުއްފުށީ އެތުމާ ފިއުލް އަދި ބަނދަރު އެތުމާ ފިހާރަ ދެމެދުން، ބަނދަރަށް އަރަން ދިޔަ ޓެކްސީ އަކާއި ސައިކަލެއް ޖެހިގެންކަމަށްވެއެވެ. މީގެ އިތުރުން އެ ޓެކްސީގައި ޖެހުން ސައިކަލުގެ މިޝްރާބު ހުރީ، ރަށުގެ އިރުމަތި ފަރާތާއި ދިމާލަށް ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ. މި އެކ...

ކުޅުދުއްފުށީ ބަނދަރު ކުރިމަތީގައިވާ ގްރީންޒޯން ސަރަހައްދު ލޭންޑްސްކޭޕްކޮށް ތަރައްޤީކުރަނީ
Thiladhunmathi News

ކުޅުދުއްފުށީ ބަނދަރު ކުރިމަތީގައިވާ ގްރީންޒޯން ސަރަހައްދު ލޭންޑްސްކޭޕްކޮށް ތަރައްޤީކުރަނީ

ކުޅުދުއްފުށި ސިޓީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރު ކުރިމަތީގައިވާ ގްރީންޒޯން ސަރަހައްދު ލޭންޑްސްކޭޕްކޮށް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ. ސިޓީ ކައުންސިލުން މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ފަރާތެއްކަމަށްވާ ކެނަލް އިންވެސްޓްމަންޓް އާއެވެ. މިގޮތުން މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސިޓީ ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ކައުންސިލް މެންބަރ ރިޟްވާން މުޙައްމަދު ސޮއިކުރައްވާފައިވާއިރު، ކެނަލް އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ އ...

ކުޅުދުއްފުށީގައި ކަށި މިޔަރުގެ މަސްވެރިވެރިކަމާ ގުޅޭ ފަރާތްތަކާއި މިނިސްޓްރީއިން ބައްދަލުކުރަނީ
Thiladhunmathi News

ކުޅުދުއްފުށީގައި ކަށި މިޔަރުގެ މަސްވެރިވެރިކަމާ ގުޅޭ ފަރާތްތަކާއި މިނިސްޓްރީއިން ބައްދަލުކުރަނީ

ކުޅުދުއްފުށި ސިޓީގައި ކަށި މިޔަރު މަސްވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބައްދަލުވުމެއް ބާއްވަން ހަމަޖެހިއްޖެއެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް އާންމުންނަށް ދައުވަތު އަރުވަމުން ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ފިޝަރީޒް މިނިސްޓްރީއިން ދަނީ ކަށި މިޔަރުގެ މަސްވެރިކަން ހިންގައި ބެލެހެއްޓުމަށް ބޭނުންވާ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލަމުން ކަމަށެވެ. މިގޮތުން މި ޕްލޭނަށް މައުލޫމާތު އެއްކުރުމަށްޓަކައި ކ...

ދިއްދޫ ފިޓްނަސް ސެންޓަރުގައި ޤާއިމްކުރި ވޮލީކޯޓް ހުޅުވައިފި
Thiladhunmathi News

ދިއްދޫ ފިޓްނަސް ސެންޓަރުގައި ޤާއިމްކުރި ވޮލީކޯޓް ހުޅުވައިފި

ހއ. ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. މި ވޮލީކޯޓު ރަސްމީކޮށް ހުޅުވުމަށް އިއްޔެ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު އާއި ދިއްދޫ އަންހެނުން ކޮމިޓީގެ މެންބަރުންނާއި ކައުންސިލަރުންވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ވޮލީކޯޓު ހުޅުވުމުގެ ގޮތުން ދިއްދޫއަށް ދެ ކްލަބް ޖަމިއްޔާއަކުން ވަނީ މެޗެއްވެސް ކުޅިފައެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވެފައިވަނީ، މި ކޯޓަކީ ދިއްދޫ ކަ...

ރާއްޖޭގެ ފުރަތަމަ ސިޓީގެ ޑިޒާސްޓަރ ޕްލޭން ''ކުޅުދުއްފުށި ސިޓީގެ ޑިޒާސްޓަރ ޕްލޭން'' އާންމުކޮށްފި
Thiladhunmathi News

ރާއްޖޭގެ ފުރަތަމަ ސިޓީގެ ޑިޒާސްޓަރ ޕްލޭން ''ކުޅުދުއްފުށި ސިޓީގެ ޑިޒާސްޓަރ ޕްލޭން'' އާންމުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ކުޅުދުއްފުށި ސިޓީގެ “ޑިޒާސްޓަރ މެނޭޖްމަންޓް ހެޒަރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްލޭން” އާންމުކޮށްފިއެވެ. މި ޕްލޭނަކީ “މޭކިންގ ސިޓީސް ރެސިލިއެންޓް 2030” މަޝްރޫޢުގެ ދަށުން، ވީލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިއަދު ސިޓީ ކައުންސިލް އިދާރާގެ ވެބްސައިޓުގައި ވަނީ ސިޓީގެ ޤުދުރަތީ ސިފަތަކާއި އަހަރުން އަހަރަށް އިތުރުވަމުންދާ އާބާދީ އާއި،...

އިހަވަންދޫ ހިންނަ ފުޓްސަލް ދަނޑުގެ ރޮސްޓަމް އިމާރާތް ކުރަން ހަވާލުކޮށްފި
Thiladhunmathi News

އިހަވަންދޫ ހިންނަ ފުޓްސަލް ދަނޑުގެ ރޮސްޓަމް އިމާރާތް ކުރަން ހަވާލުކޮށްފި

ހއ. އިހަވަންދޫ ހިންނަ ފުޓްސަލް ދަނޑުގެ ރޮސްޓަމް އިމާރާތްކުރުމަށް މެކްސް އެމް އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތް މެކްސް އެމް އާއި ހަވާލުކުރުމަށް އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކައުންސިލްގެ ރައީސް އަޙުމަދު ސޮބާޙް އެވެ. މީގެ އިތުރުން މެކްސް އެމް ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެކްސް އެމް ގެ ވެރިޔާ އަބްދުލް މުއީން އަބްދުލް މަޖީދު އެވެ. މި އެއްބަސްވުމުގެ ދަށުން […]

ދިއްދޫ ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ބޯޑުތަކާއި އެއްގޮތައް ބަނދަރު ބޭނުންކުރުމަށް އަންގައިފި
Thiladhunmathi News

ދިއްދޫ ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ބޯޑުތަކާއި އެއްގޮތައް ބަނދަރު ބޭނުންކުރުމަށް އަންގައިފި

ހއ. ދިއްދޫ ބަނދަރު ބޭނުންކުރާނެގޮތް އަންގައިދިނުމަށް ބަހައްޓާފައިވާ ބޯޑުތަކާއި އެއްގޮތައް ބަނދަރު ބޭނުންކުރުމަށް ދިއްދޫ ކައުންސިލުން އަންގައިފިއެވެ. ދިއްދޫ ކައުންސިލުން މިއަދު އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ގެނެވުނު ބަދަލުތަކާއި އެއްގޮތައް މިއަދުން ފެށިގެން ބަނދަރު ބޭނުންކުރާ އެންމެހާ ފަރާތްތަކުން ކައުންސިލުގެ އެންގުމާއި އެއްގޮތަށް ބަނދަރު ބޭނުންކުރުމަށެވެ. ދިއްދޫ ކައުންސިލުން ވަނީ ބަނދަރު ބޭނުންކުރާނެ ގޮތުގެ ކުރެހުމާއި ލޭބަލް އާއިއެކު ބޯޑުގައި ސަރަހައްދުތައް ވަކި ވަކިން ފާހަގަކޮށްފ...

ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީގެ ފަރާތުން ހއ. އޭއީސީގައި "ސްކޫލް ލައިބްރޭރިއަން ޓްރެއިނިންގ" ޕްރޮގްރާމެއް
Thiladhunmathi News

ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީގެ ފަރާތުން ހއ. އޭއީސީގައި "ސްކޫލް ލައިބްރޭރިއަން ޓްރެއިނިންގ" ޕްރޮގްރާމެއް

ހއ. އަތޮޅު ތައުލީމީ މަރުކަޒު (ހއ.އެޓޮލް އެޑިޔުކޭސަން ސެންޓަރު -ހއ.އޭއީސީ)ގައި ލައިބްރަރީ ސަރވިސް އަދި މެނޭޖްމެންޓް ގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޕްޓެމްބަރ މަހުގެ 21 އިން 22 އަށް ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ވަރުގަދަ، ފަސޭހައިން ބަދަލުކުރެވޭ އަދި ހަރަދު ކުޑަ ލައިބްރަރީ މެނޭޖްމަންޓް ސިސްޓަމެއް ކުރިއަށް ގެންދިއުމަށާއި، ޑިޖިޓަލް ޒަމާނުގައި ލައިބްރަރީތައް ކުރިއަރުވައި، ޚިދުމަތްތައް ހަރުދަނާ ކުރުމަށް ޕްރޮގްރާމުގެ ބައިވެރިންނަށް ތަމްރީނުކޮށްދެވިފަ...

ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ “ކޮންސްޓަބަލް” ވަޒީފާއަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމަށް ހުޅުވާލަމުން ފުލުހުން މިއަދު އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ތެރޭގައި 18 އަހަރާއި 30 އަހަރާއި ދެމެދު، ފިރިހެނެއް ނަމަ އިސްކޮޅުން 5 ފޫޓް 3 އިންޗި ހަމަވާ، އަންހެނެއް ނަމަ އިސްކޮޅުން 5 ފޫޓު ހަމަވެފައި، އެސްއެސްއީ އަދި ޖީސީ އޯލެވެލް އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ހާސިލްކޮށްފައިވާ ނުވަތަ […]

ކައްދޫގައި ސައިކަލަކުން ޖެހި މީހަކު މަރުވި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި
Raajje

ކައްދޫގައި ސައިކަލަކުން ޖެހި މީހަކު މަރުވި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި

މިދިޔަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ލ. ކައްދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސލަ ފޮނުވައިފިކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާން (37އ) ގެ މައްޗަށެވެ. ފުލުހުން މައުލޫމާތުދިންގޮތުގައި، މި މައްސަލައާއި ގުޅިގެން އޮގަސްޓު 16 ވަނަ ދުވަހު އޭނާ […]

ކުޅުދުއްފުށީގެ ފެން ހިންދާ ނިޒާމު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީގެ ފެން ހިންދާ ނިޒާމު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށި ސިޓީގެ ފެން ހިންދާ ނިޒާމު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމުން ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސަައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކުން https://forms.office.com/r/hgYQefk3es މެދުވެރިކޮށް 12 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހުގެ ކުރިން ބިޑްގައި ރަޖިސްޓްރީ ވުމަށެވެ. މިގޮތުން މި މަސައްކަތާއި ގުޅޭ ޕްރީ ބިޑް މީޓިން (މައުލޫމާތު ސެޝަން) ބޭއްވުމަށް ހަމަޖ...

އިހަވަންދޫ ފުޓްސަލް ޓީމަށް ހިލޭސާބަހަށް ކޯޗުކަން ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

އިހަވަންދޫ ފުޓްސަލް ޓީމަށް ހިލޭސާބަހަށް ކޯޗުކަން ކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލައުތުރު ފުޓްސަލް މުބާރާތް 2025 ގައި، އިހަވަންދޫ ތަމްސީލުކުރާ ފުޓްސަލް ޓީމަށް، ހިލޭސާބަހަށް ކޯޗުކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ވޮލެންޓިއަރކޮށް ކޯޗުކޮށް ދިނުމަށް ބޭނުންވާ ފަރާތްތަކުން، 5 އޮކްޓޫބަރު 2025 ގެ 14:00 ގެ ކުރިން https://forms.gle/gmFCze9Vm59G15kF7 މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށެވެ. މިއަހަރު ނަސްރުންގެ ދުވަހު ހއ. އުތީމުގ...

އިހަވަންދޫގައި އިންޑޯ ބެޑްމިންޓަން ހޯލެއް އެޅުމަށް 15000 އަކަފޫޓް ބިމެއް
Thiladhunmathi News

އިހަވަންދޫގައި އިންޑޯ ބެޑްމިންޓަން ހޯލެއް އެޅުމަށް 15000 އަކަފޫޓް ބިމެއް

ހއ. އިހަވަންދޫ އިންޑޯ ބެޑްމިންޓަން ހޯލެއް އެޅުމަށް ބިމެއް ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އިހަވަންދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ 212 ވަނަ އާއްމު ޖަލްސާގައެވެ. މި ބިމަކީ އޭ.ކޭ.އެޗް ފައުންޑޭޝަނުން ހުށަހަޅާފައިވާ ހުށައެޅުމެއްގެ ދަށުން ދޫކުރަން ނިންމި ބިމެކެވެ. މި ހުށަހެޅުމުގެ ދަށުން އެ ފައުންޑޭޝަނަށް 150 ފޫޓް 100 ފޫޓް (15000 އަކަފޫޓް) ގެ ބިމެއް ދޫކުރުމަށް ކައުންސިލުން ވަނީ ފާސްކޮށްފައެވެ. އެ ބިމަކީ އިހަވަންދޫގައި މިހާރު […]

ކިލޯއަކަށްވުރެއް ގިނަ މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި
Raajje

ކިލޯއަކަށްވުރެއް ގިނަ މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، މި ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެމީހުންނާއި ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލާ ފާސްކޮށްފައިވާކަމަށެވެ.  މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާލެ / މއ. މަޒާގެ، މުޙައްމަދު އަ...

298 ބައިވެރިންނާއެކު ކުޅުދުއްފުށީގައި ބާއްވާ ކަސްރަތު ޕްރޮގްރާމު އިފްތިތާޙްކޮށްފި
Thiladhunmathi News

298 ބައިވެރިންނާއެކު ކުޅުދުއްފުށީގައި ބާއްވާ ކަސްރަތު ޕްރޮގްރާމު އިފްތިތާޙްކޮށްފި

ކުޅުދުއްފުށި ސިޓީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ‘ހަށިހެޔޮ’ ކަސްރަތު ޕްރޮގްރާމު މިއަހަރުވެސް ބޭއްވުމަށް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި އަންނަ އޮކްޓޯބަރު މަހު 1 އިން 31 އަށް ބާއްވާން ހަމަޖެހިފައިވާ މި ކަސްރަތު ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލުގެ އިސްނެގުމުގެ ދަށުން ސިޓީ ކައުންސިލާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ އެއް މަސް ދުވަހުގެެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި މިއަހަރު މުޅި ޖުމްލަ 298 މީހުން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމު ރަސްމީކޮށް [...