މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިންމާލައިފި
ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހާވާލުކޮށްފައިވާ މަޝްރޫޢުގެ މަސަައްކަތް އެއްކޮށް ނިމިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އާރުޑީސީއިން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ކުރިޔަށް ގެންދެވުނު މަސައްކަތްތަކުގެ ތެރޭގައި މިލަންދޫގެ 9 މަގަކާއި 2 ގޯޅިއެއް ހިމެނޭހެން މުޅި ޖުމްލަ 6،3 ކިލޯ މީޓަރުގެ ތާރު އަޅާފައިވާ ކަމަށެވެ. މިލަންދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ މަގުތަކަކީ ފެންވަރު ރަނގަޅު، ހިތްގައިމުކޮށް ފަރުމ...