ޗައިނާގެ ކޯސްޓްގާޑު ސިފައިންނަކީ ކަނޑުފޭރޭ ބައެއްގެ ގޮތުގައި ފިލިޕީންސުން ސިފަކޮށްފި
ދެކުނު ޗައިނާ ކަނޑުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ފިލިޕީންސާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އިތުރުވެ ޗައިނާގެ ކޯސްޓްގާޑު ސިފައިންނަކީ ކަނޑުފޭރޭ ބައެއްގެ ގޮތުގައި ފިލިޕީންސުން ސިފަކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހު ސެކަންޑް ތޯމަސް ޝޯލް ކައިރީގައި ހިނގި މި ހާދިސާގައި ފިލިޕީންސްގެ ސިފައިންނާ ޗައިނާގެ ކޯސްޓްގާޑުގެ ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ފިލިޕީންސްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ ޗައިނާގެ ކޯސްޓްގާޑުގެ އުޅަނދުތަކުން ފިލިޕީންސްގެ ބޯޓުތަކަށް ހަތިޔާރާއެކު އ...