ބަންގްލަދޭޝްގެ ޗެސް ގްރޭންޑްމާސްޓަރ މެޗެއް ކުޅެން އިންދާ މަރުވެއްޖެ
ބަންގްލަދޭޝްގެ ނަންހިނގާ ޗެސް ގްރޭންޑްމާސްޓަރ ޒިއާއުއް ރަހްމާން، އެ ގައުމުގައި ކުރިއަށްދިޔަ ގައުމީ ޗެސް މުބާރާތުގެ މެޗެއްގެ ތެރޭގައި ހުކުރު ދުވަހު މަރުވެއްޖެއެވެ. ގައުމީ އަދި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުން ޗެމްޕިއަންކަން ހޯދާފައިވާ ޒިއާއުއް ރަހްމާން، 50 ކުއްލިއަކަށް މަރުވީ، މިހާރު ކުރިއަށްދާ ގައުމީ މުބާރާތުގައި އޭނާގެ ވާދަވެރިޔާ، ގްރޭންޑްމާސްޓަރ އިނާމުލް ހުސެއިން ރަޖީބްއާ ކުޅެމުންދިޔަ މެޗެއްގެ ތެރޭގައި ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ބަންގްލަދޭޝްގެ މީޑިއާތަކުން ބުނ...