އަފްޣާން ރެފިއުޖީން ޕާކިސްތާނުގައި ތިބުމުގެ މުއްދަތު އިތުރުކޮށްދީފި
އަފްޣާން ރެފިއުޖީން ޕާކިސްތާނުގައި ތިބުމުގެ މުއްދަތު އިތުރު އެއްއަހަރަށް ދިގުކޮށްދީފިއެވެ. ޕާކިސްތާނުގައި ދިރިއުޅެމުންދާ ގާތްގަނޑަކަށް 1.5 މިލިއަން އަފްޣާން ރެފިއުޖީންގެ ރަޖިސްޓްރޭޝަން ކާޑުގެ މުއްދަތު އަންނަ އަހަރުގެ ޖޫން 30 އާ ހަމައަށް އިތުރުކޮށްދީފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. މި ނިންމުމަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި އދ. ގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއެޗްސީއާރު) ގެ އިސްވެރިޔާ ފިލިޕޯ ގްރާންޑީއާ ދެމެދު ކުރެވުނު މަޝްވަރާތަކަކަށްފަހު ނިންމި ނިންމުމެކެވެ....