Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

އަރަބި ލީގުގެ ނިރުބަވެރިންގެ ލިސްޓުން ޙިޒްބުﷲ އުނިކުރަން ނިންމައިފި
International

އަރަބި ލީގުގެ ނިރުބަވެރިންގެ ލިސްޓުން ޙިޒްބުﷲ އުނިކުރަން ނިންމައިފި

އަރަބި ލީގުގެ ޓެރަރިސްޓް ލިސްޓުން ހިޒްބުﷲ ޖަމާއަތުގެ ނަން އުނިކުރަން ނިންމައިފިއެވެ. 2016 ވަނަ އަހަރު ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅި އިރު އަރަބި ލީގުން ބުނެފައިވަނީ، އެ ޖަމާއަތަކީ ހަރުކަށި ފިކުރު ކުރިއަރުވާ، ދީނީ ބައިބައިވުން އުފައްދަން މަސައްކަތް ކުރާ ޖަމާއަތެއް ކަމުގައެވެ. އަރަބި ލީގުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ހުސާމް ޒަކީ ހޮނިހިރު ދުވަހު ވިދާޅުވީ، ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލޭބަލް ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް […]

ހުރިހާ މަގްސަދެއް ހާސިލް ވަންދެން އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ކުރިއަށްދާނެ: ނަތަންޔާހޫ
International

ހުރިހާ މަގްސަދެއް ހާސިލް ވަންދެން އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ކުރިއަށްދާނެ: ނަތަންޔާހޫ

ހަނގުރާމައިގެ ހުރިހާ މަގްސަދެއް ހާސިލް ވަންދެން އިޒްރޭލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށާއި، ހަމާސް މުޅިން ނައްތާލެވެންދެން ހަނގުރާމަ ކުރިއަށްދާނެ ކަމަށް އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އާދިއްތަ ދުވަހު ވިދާޅުވެއްޖެއެވެ. ހަފްތާގެ ކެބިނެޓް ބައްދަލުވުން ފައްޓަވަމުން ނަތަންޔާހޫ ވިދާޅުވީ، އިޒްރޭލުން ކުރާ ހަނގުރާމައިގެ މަގްސަދު ތަކުގެ ތެރޭގައި ގާޒާގައި ހައްޔަރު ކޮށްފައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކުރުމާއި، ގާޒާގެ ތެރެއިން އިޒްރޭލުގެ ސަލާމަތަށް ހުރި ހުރިހާ ނުރައްކަލެއް...

ނޮކިއާއިން މަޝްހޫރު އޮޕްޓިކަލް ނެޓްވޯކިން ކުންފުނި އިންފިނިރާ 2.3 ބިލިއަން ޑޮލަރަށް ގަންނަނީ
International

ނޮކިއާއިން މަޝްހޫރު އޮޕްޓިކަލް ނެޓްވޯކިން ކުންފުނި އިންފިނިރާ 2.3 ބިލިއަން ޑޮލަރަށް ގަންނަނީ

ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މާކެޓު ކެޕިޓަލައިޒް ކުރުމުގެ ސްޓްރެޓެޖިކް ފިޔަވަޅެއްގެ ގޮތުން މޯބައިލް ފޯނު އުފެއްދުމުގައި އެންމެ ދުވަސްވީ އެއްކުންފުނި ނޮކިއާ އިން ވަނީ 2.3 ބިލިއަން ޑޮލަރަށް މަޝްހޫރު އޮޕްޓިކަލް ނެޓްވޯކިން ސޮލިއުޝަންސް ޕްރޮވައިޑަރެއް ކަމަށްވާ އިންފިނިރާ ހޯދުމަށް އިއުލާނުކޮށްފައެވެ. ހާއްސަކޮށް އޭއައި އެޕްލިކޭޝަންތަކުގެ ސަބަބުން ހައި ކެޕޭސިޓީ ނެޓްވޯކްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާ ދަނޑިވަޅެއްގައި ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ގެ ދާއިރާއިން ނޮކިއާ...

ޝެޖައިޔާ ސަރަހައްދުގައި މުޖާހިދުން ދިން ހަމަލާއެއްގައި އިޒްރޭލް ސިފައިންގެ ދެމީހުން މަރާލައިފި
International

ޝެޖައިޔާ ސަރަހައްދުގައި މުޖާހިދުން ދިން ހަމަލާއެއްގައި އިޒްރޭލް ސިފައިންގެ ދެމީހުން މަރާލައިފި

ފަލަސްތީނުގެ ޣައްޒާގެ ޝެޖައިޔާ ސަރަހައްދުގައި އިއްޔެ މުޖާހިދުން ދިން ހަމަލާއެއްގައި އިޒްރޭލް ސިފައިންގެ ދެމީހުން މަރާލައިފި ކަމަށް އިޒްރޭލްގެ އަސްކަރިއްޔާ އާއި ހަވާލާދީ ޓައިމްސް އޮފް އިޒްރޭލުން ބުނެފިއެވެ. އެނޫހުން ބުނީ ޣައްޒާ ތެރޭގައި މަރާލާފައިވަނީ އުމުރުން 20 އަހަރުގެ ޕަރަޓްރޫޕާ ބްރިގޭޑުގެ 890 ބެޓަލިއަންގެ ޔާއިރް އަވިޓަން އާއި ހަތް ވަނަ އާމާޑް ބްރިގޭޑްގެ 77 ބެޓަލިއަންގެ އުމުރުން 21 އަހަރުގެ ޔާކިރް ޝުމުއެލް ޓަޓެލްބައުމް ކަމަށެވެ. އެދެ ސިފައިން ވެސް މަރާލާފައިވަނީ ޣައްޒާ ސިޓީޣެ […]

ހުޅަނގު އައްސޭރީގައި އިޒްރޭލުން ގަދަބާރުން ޔަހޫދީންނަށް ގެދޮރު އަޅަން ނިންމުމުން ސައުދީން އެކަން ކުށްވެރިކޮށްފި
International

ހުޅަނގު އައްސޭރީގައި އިޒްރޭލުން ގަދަބާރުން ޔަހޫދީންނަށް ގެދޮރު އަޅަން ނިންމުމުން ސައުދީން އެކަން ކުށްވެރިކޮށްފި

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލުން ގަދަބާރުން ޔަހޫދީންނަށް ގެދޮރު އަޅަން ނިންމުމުން ސައުދީ އަރަބިއްޔާ އިން އެކަން ކުށްވެރިކޮށްފިއެވެ. އިޒްރޭލުގެ ކެބިނެޓުން މިދިޔަ ހަފްތާގައި ވަނީ އިޒްރޭލުން ގަދަ ކަމުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވުން ފުޅާ ކުރަން ފާސްކޮށްފައެވެ. ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުގެ އެ ނިންމުމަކީ އިޒްރޭލުން ބައިނަލް އަގްވާމީ ގާނޫނުތަކާއި، ކަމާ ބެހޭ ގޮތުން ފާސް ކޮށްފައިވާ...

މޮބައިލް ސްކޭމްތައް ހުއްޓުވުމަށް ޓްރޫކޯލަރ އިން ފްރޯޑް އިންޝުއަރެންސް އިފްތިތާހުކޮށްފި
International

މޮބައިލް ސްކޭމްތައް ހުއްޓުވުމަށް ޓްރޫކޯލަރ އިން ފްރޯޑް އިންޝުއަރެންސް އިފްތިތާހުކޮށްފި

މަޝްހޫރު ކޯލަރ އައިޑީ ޕްލެޓްފޯމް ކަމަށްވާ ޓްރޫކޯލަރ އިން މޮބައިލް މަކަރާއި ހީލަތުން ކަސްޓަމަރުން ރައްކާތެރިކުރުމުގެ ގޮތުން ގްރައުންޑްބްރޭކިން އިންޝުއަރެންސް ޕްރޮޓެކްޝަން ޕްލޭނެއް ތައާރަފްކޮށްފިއެވެ. “ޓްރޫކޯލާ ފްރޯޑް އިންޝުއަރެންސް” ގެ ނަމުން ނަން ދީފައިވާ މި އާ އޮފާއަކީ ޑިޖިޓަލް ޒަމާނުގައި ބޭނުންކުރާ މީހުންގެ ރައްކާތެރިކަން އިތުރުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އިންޑިއާގައި މިހާރު އެކްސްކްލޫސިވްކޮށް ލިބެން ހުރި މި އިންޝުއަރެންސް ޕްލޭން އަކީ އެންޑ...

ޣައްޒާގެ ޝުޖާޔާ އަވަށުގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލައިފި
International

ޣައްޒާގެ ޝުޖާޔާ އަވަށުގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލައިފި

ޣައްޒާ ސިޓީގެ ޝުޖާޔާ އަވަށުގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލައި ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ބުނާ ގޮތުގައި އެ ސަރަހައްދުގައި އިޒްރޭލު ސިފައިންނާ ހަނގުރާމަތައް ކުރަމުން އަންނަ އިރު، ހަމާސްއިން ގެންދަނީ ކާމިޔާބީތަކެއް ހޯދަމުންނެވެ. އަނެއްކޮޅުން އިޒްރޭލްގެ ހަމަލާތައްވެސް ވަރުގަދަކޮށްފައިވާއިރު، ޣައްޒާގެ އިންސާނީ ޙާލަތު ދަނީ ގޯސްވަމުންނެވެ. އދ.ގެ ތަރުޖަމާނަކު ސިފަކުރެއްވި ގޮތުގައި، ބޮމުގެ ހަމަލާތައ...

އީރާނުގެ ރިޔާސީ އިންތިޚާބުގެ ވޯޓްލުން ނިންމާލައިފި
International

އީރާނުގެ ރިޔާސީ އިންތިޚާބުގެ ވޯޓްލުން ނިންމާލައިފި

މިދިޔަ މެއި މަހު ހެލިކޮޕްޓަރެއް ވެއްޓި އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާ ގުޅިގެން އާ ރައީސަކު ހޮވުމަށް އީރާނުގައި ވޯޓުލުން ކުރިއަށް ކުރިއަށް ގެންގޮސިއެވެ. އީރާނުގެ 61.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު، މި އިންތިހާބުގައި ފުޅާ ދާއިރާއެއްގައި ބޮއިކޮޓް ކުރުމާއި ސަރުކާރު އޮޅުވާލުމުގެ ތުހުމަތުތައް ވަނީ ބޮޑުވެފައެވެ. މި އިންތިހާބުގައި ހަތަރު ކެނޑިޑޭޓުން ވާދަކުރާއިރު، ކޮންޒަވޭޓިވް ޕާޓީގެ އެންމެ ކުރީގައި ތިއްބެވީ ސައީދު ޖަލީލީ އާއި މުހައްމަދު ބަގޭރު […]

އައިއެސްއެސް ބިމަށް ތިރިކުރުމަށް ވެހިކަލެއް އުފެއްދުމަށް ނާސާއިން 843 މިލިއަން ޑޮލަރުދީފި
Raajje

އައިއެސްއެސް ބިމަށް ތިރިކުރުމަށް ވެހިކަލެއް އުފެއްދުމަށް ނާސާއިން 843 މިލިއަން ޑޮލަރުދީފި

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) 2030 ވަނަ އަހަރު ރިޓަޔާ ކުރާއިރު އޯބިޓުން ބޭރުކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޖައްވީ އުޅަނދެއް އުފެއްދުމަށް ނާސާއިން ސްޕޭސްއެކްސްއާ 843 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ހަވާލުކޮށްފިއެވެ. “ޔޫއެސް ޑިއޯބިޓް ވެހިކަލް ޑިވެލޮޕްކޮށް ޑެލިވަރީކޮށް، ސްޕޭސް ސްޓޭޝަންގެ އޮޕަރޭޝަނަލް ލައިފް 2030 ވަނަ އަހަރު ނިމުމަށް ފަހު، އެ ތަނުގެ ރައްކާތެރި އަދި ޒިންމާދާރު ޑިއޯބިޓަކަށް ތައްޔާރުވުމަށް ސްޕޭސް އެކްސް ހޮވާފައި ވޭ،” ނާސާ އިން އެކްސްގައި ބުނެފައިވެއެވެ. އަދި މި “...

ބޮލިވިއާގެ ސަރުކާރު ވައްޓާލަން ހިންގި ބަޣާވާތް ނާކާމިޔާބު ކޮށްލައިފި
International

ބޮލިވިއާގެ ސަރުކާރު ވައްޓާލަން ހިންގި ބަޣާވާތް ނާކާމިޔާބު ކޮށްލައިފި

ބޮލިވިއާގެ ސަރުކާރު ވައްޓާލަން ހިންގި ބަޣާވާތް ނާކާމިޔާބު ކޮށްލައި އެކަމުގައި އިސްކޮށް އުޅުނު ލީޑަރު ހައްޔަރުކޮށްފިއެވެ. މީޑިއާތަކުން ބުނީ ވެރިރަށް ލަ ޕާޒްގައި ހުންނަ ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ މުރިލޯ ސްކެއާ އަށް އެއްވެ، ސަރުކާރު ވައްޓައިލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރީ މަގާމުން ދުރުކޮށްފައިވާ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ޖުއާން ޖޯސް ޒުނީގާ ކަމަށެވެ. އޭނަ އާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ރިޔާސީ ގަނޑުވަރު ސަރަހައްދަށް އެއްވުމާ ގުޅިގެން ސިފައިންނާއި ފ...

އައު ދައުރަށް ހުވާކުރެއްވުމަށްފަހު މޯދީގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ރަޝިޔާ އަށް
International

އައު ދައުރަށް ހުވާކުރެއްވުމަށްފަހު މޯދީގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ރަޝިޔާ އަށް

އިންޑިއާގެ ބޮޑުވަޒިރު މޯދީގެ ރަސްމީ ދަތުރުފުޅެއްގައި ރަޝިޔާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މިއީ މޯދީ ތިން ވަނަ ދައުރަށް ހުވާކުރެއްވިފަހުން ބޭރުގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެވެ. މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވަނީ ރަޝިޔާއަށް ކަމަށް ރަޝިޔާގެ ދައުލަތުގެ މީޑިއާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ރަޝިޔާގެ ރައީސް އޮފީހުގެ އޮފިޝަލަކާއި ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރިގޮތުގައި މޯދީ ރަޝިޔާއަށް ވަޑައިގަތުމަށް...

ވައިޓް ހައުސްގެ ސޯޝަލް މީޑިއާ ނުފޫޒުގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
International

ވައިޓް ހައުސްގެ ސޯޝަލް މީޑިއާ ނުފޫޒުގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

ކޯވިޑް-19 އާއި 2020 ވަނަ އަހަރުގެ އިންތިހާބާ ގުޅޭ ޕޯސްޓްތައް ނައްތާލުމަށް ބައިޑަންގެ ސަރުކާރުން ގާނޫނާ ހިލާފަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ޕްރެޝަރު ކުރި ކަމަށް ބުނާ މައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފިއެވެ. ބުދަ ދުވަހު އިއުލާނުކުރި ނިންމުން ބިނާވެފައި ވަނީ މައްސަލައިގައި ދައުވާ ކުރާ ފަރާތްތަކުގެ ގާނޫނީ ހައިސިއްޔަތެއް ނެތުމުންނެވެ. ސޯޝަލް މީޑިއާބޭނުންކުރާ ފަސް މީހަކާއި ލުއިޒިއާނާ އާއި މިޒޫރީގެ އެޓާނީ ޖެނެރަލް ހުށަހެޅުއްވި މި ދައުވާގައި ބުނެފައިވަނީ ފޭސްބުކް އަދި އެކްސް (ކުރީގެ [...

ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް މިނިވަން ވުމަށްފަހު އުފަން ގައުމު އޮސްޓްރޭލިއާއަށް
International

ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް މިނިވަން ވުމަށްފަހު އުފަން ގައުމު އޮސްޓްރޭލިއާއަށް

ލަންޑަންގެ ބެލްމާޝް ޖަލުގައި 5 އަހަރު ހޭދަކުރުމަށްފަހު، ޖަލުން މިނިވަންވުމަށްފަހު ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އޭނާގެ އުފަން ރަށް އޮސްޓްރޭލިއާއަށް އެނބުރި ހިނގައްޖެއެވެ. އުމުރުން 52 އަހަރުގެ އަސާންޖް ކެންބަރާ އެއާޕޯޓުން ބައްދަލުކުރީ އޭނާގެ އަންހެނުން ސްޓެލާ އާއި ބައްޕައާ އެކު ވަރަށް ޖަޒްބާތީ އިމޯޝަނަލް ބައްދަލު ކުރުމަކާއެކުގައެވެ. އަސާންޖްގެ މައްޗަށް އުފުލާފައިވާ ޕްލީ ޑީލްގައި އަސާންޖްގެ މައްޗަށް އުފުލާފައިވާ 18 ދައުވާގެ ބަދަލުގައި ގައުމީ ދިފާއީ މައުލޫމާތު ހޯދުމަށާއި ހާމަކުރުމަށް ރޭވުމުގެ...

އެމެޒޯންގެ މާލިއްޔަތު 2 ޓްރިލިއަން ޑޮލަރަށް އަރައިފި
International

އެމެޒޯންގެ މާލިއްޔަތު 2 ޓްރިލިއަން ޑޮލަރަށް އަރައިފި

އެމެޒޯން ފުރަތަމަ ފަހަރަށް ދެ ޓްރިލިއަން ޑޮލަރުގެ މާކެޓް ކެޕިޓަލައިޒޭޝަނަކަށް ގޮސް ޓެކް ކުންފުނިތަކުގެ އެންމެ އުހަށް ޖެހިލައިފިއެވެ. އީ-ކޮމާސް އަދި ކްލައުޑް ކޮމްޕިއުޓިން ލީޑަރު އެމެޒޯންގެ ހިއްސާ ބުދަ ދުވަހު ވަނީ 3.9 ޕަސެންޓް އިތުރުވެ 193.61 ޑޮލަރަށް އަރާފައެވެ. މި ކާމިޔާބީއާއެކު އެމެޒޯން އާއި އެންވީޑިއާ، އެޕަލް، އަލްފަބެޓް އަދި މައިކްރޮސޮފްޓް ފަދަ ޓެކްނޮލޮޖީގެ އެހެން ކުންފުނިތައް ވެސް ދެ ޓްރިލިއަން ޑޮލަރުގެ ކްލަބުގައި ހިމެނެއެވެ. މި ކުރިއެރުން އެމެޒޯންއަށް ލިބިފައި މިވަނީ ޖެނެރޭޓިވް […]

ދިގު އިންތިޒާރަކަށްފަހު އައިއޯއެސް 18 ގައި އެޕަލް މެޕްސް އަށް "ސާޗް ހިއާ" ފީޗާ ލިބިއްޖެ
International

ދިގު އިންތިޒާރަކަށްފަހު އައިއޯއެސް 18 ގައި އެޕަލް މެޕްސް އަށް "ސާޗް ހިއާ" ފީޗާ ލިބިއްޖެ

ގިނަ ދުވަސްތަކެއްގެ ދިގު އިންތިޒާރަކަށްފަހު އައިއޯއެސް 18 ގައި އެޕަލް މެޕްސް އަށް ވަރަށް ބޭނުންތެރި މުހިންމު ފީޗާއެއް ކަމަށްވާ “ސާޗް ހިއާ” ފީޗާ އިތުރުކޮށްފިއެވެ. މިފީޗާއާއި އެކު އެޕަލްގެ އެންމެ ފަހުގެ އައިއޯއެސް 18 މެޕްސް އެޕްލިކޭޝަނަށް ބޮޑު ކުރިއެރުމެއް ގެނެސްދީފައި ވާއިރު، “ސާޗް ހިއާ” މި އާ ފީޗާއަކީ ޒަމާނުއްސުރެ ޔޫޒަރުންގެ ރިކުއެސްޓްތަކަށް އެޑްރެސްކޮށް، ބޭނުންކުރާ ފަރާތުގެ މިހާރުގެ ޕޮޒިޝަން ފިޔަވައި އެހެން ސަރަހައްދުތަކުގައި ހުރި ތަންތަން ހޯދުމުގައި ފަސޭހަވެގެންދާ ފީޗާއެކެވެ. މީގެ ކުރިން […]