ސިލްސިލާ ވާހަކަ: ޝިކާޔަތު (25)
ކުރީގެ އަދަދާއިގުޅޭ، ” އަހަރެން ރިސޯޓަށް ދަމުންވެސް އިއްބެއަށް ގުޅިން.. ބުނިން ރިސޯޓަށޭ މިދަނީ! ދެން އަހަރެން ނެތިސް އޭނަ އަންނަންވީ ކީއްވެ؟” ހާރޫން އެހެން ބުނުމުން ޔަޝްމީއަށްވެސް ލިބުނީ ހައިރާންކަމެވެ. ” އޭނަ ކީކޯ ކީ؟” ހާރޫން ދެޖީބަށް އަތް ޖަހާލަމުން ޔަޝްމީއަށް ބަލައިލިއެވެ. އޭރު ހާރޫންގެ މޫނުމަތިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާފަދަ އަސަރުތަކެއް ޔަޝްމީއަށް ފެނުނެވެ. އެހެންކަމުން އެކަމާ ހާރޫން ވަރަށް ބޮޑަށް ކަންބޮޑުވިކަން ޔަޝްމީއަށް އެނގުނެވެ. ” ނޭނގެ! ހަނދާނެއް ނެތް […]