ނަސްރުގެ ދުވަސް: ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކޮށް، ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބާގައި މާލޭގައި ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކޮށް، ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މާލޭގައި ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކުރީ އިސްލާމީ މަރުކަޒުގަ އެވެ. މި ޖަމާޢަތުގައި ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެފައި ވެއެވެ. ނަސްރުގެ ދުވަސް ފާހަގަކުރުމުގެ މާލޭގެ އިތުރުން އެމް.އެން.ޑީ.އެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކެއްގައި ވެސް ދިދަނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައިވާއިރު، މާލޭގައި ނަސްރުގެ ދުވަހުގެ ދިދައާއި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތު ބޭއްވީ ނޮވ...