ސައުދީ އިން އާޖެންޓީނާގެ މައްޗަށް ހޯދި ތާރީހީ މޮޅާއެކު، ކޯޗު ރެނާޑް ބަތަލަކަށް
ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގައި އިއްޔެއަކީ މުޅި ދުނިޔެ ވެސް ސިއްސުވާލި ދުވަހެކެވެ. ސަބަބަކީ، ގްރޫޕް ސީ ގައި ހިމެނޭ ފުޓްބޯޅައިގެ ގަދަބާރު އަދި އެމީހަކަށްޓަކައި ފުޓްބޯޅަ ސަޕޯޓަރުން “މަރުދޭ” ލިއޮނަލް މެސީ އާއިއެކު ނުކުތް އާޖެންޓީނާގެ މައްޗަށް ފަހަތުން އަރައި، ސައުދީން ކާމިޔާބު ހޯދުމުން ނެވެ. ދެކުނު އެމެރިކާގެ ގަދަބާރެއް ގޮތުގައި އޮތް އަދި ބައިނަލްއަގްވާމީ ފުޓްބޯޅާގައި ކުލަގަދަ ކާމިޔާބުތަކެއް ހޯދާފައިވާ އާޖެންޓީނާ ތަފާތު ބޮޑުނަތީޖާއަކުން މޮޅުވާނެ ކަމަށް ގިނަ...