މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ''ސްޓާފް ނައިޓް'' ބާއްވައިފި، މޭޔަރުގެ ތައުރީފް މުވައްޒަފުންނަށް
ކައުންސިލްގެ މުވައްޒަފުންނަކީ ހަމަ އެކަނި މުވައްޒަފުންނޫން ކަމަށާއި އެއީ ވަރުގަދަ ފަހުލަވާނުންތަކެއް ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ސްޓާފް ނައިޓް ގައި ވާހަކަ ދައްކަވަމުން ނެވެ. މުއިއްޒު ވިދާޅުވީ މާލެ ސިޓީގައި ރަށްވެހިކަމުގެ ހިދުމަތް ދިނުމުގައި ރެއާދުވާލު އަވަދިނެތި އެއްވެސް ވަރުބަލިކަމެއްނެތި ވަރަށް ހިތްވަރާއިއެކުމަސައްކަތް ކުރަމުންދާ ހާދިމުންތަކެއް ކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި...