ނަފްސާނީ ބައްޔަށް ތަޖްރިބާކާރެއްގެ ފަރުވާ ހޯދުމުގެ ކުރިން ގާތްތިމާގެ މީހުންގެ އެހީ ހޯދުން މުހިންމު: ރައީސް
ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ފުރަތަމަވެސް ކަމާބެހޭ ތަޖްރިބާކާރެއްގެ ފަރުވާ ހޯދުމުގެ ކުރިން، ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިންގެ އެހީތެރިކަމާ އެއްބާރުލުން ހޯދުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ކިހިނެތް” ކެމްޕެއިން އިފްތިތާހްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ފުރަތަމަވެސް ކަމާބެހޭ ތަޖުރިބާކާރ...