ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝަހީމް ގޮވާލައިފި
ބަނގުރޫޓުވެފައިވާ، ދިވެހިރާއްޖޭގެ އަވަށްޓެރި ޝްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ މެންބަރުގެ ގައުމުތަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އައި އޯސީސީގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ. އަވައްޓެރި ލަންކާގެ އިގުތިސާދީ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ޑރ. ޝަހީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, އެ ގައުމުގެ ހީނަރުވެފައިވާ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައްޔާއި، ލަންކާއަށް ހަމެޖެހުން ގ...