ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލްތަކުގެ ޚިޔާލާއި ވިސްނުމާ އެއްގޮތަށް މަޝްރޫޢުތައް ބައްޓަންކުރުމަށް: ރައީސް
ސަރުކާރުން މަސައްކަތް ކުރައްވަނީ ކައުންސިލްތަކުގެ ޚިޔާލާއި ވިސްނުމާ އެއްގޮތަށް މަޝްރޫޢުތައް ބައްޓަންކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ހައްދުންމަތީ މާބައިދޫ ކައުންސިލާއި ރައީސް އޮފީހުގައި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ކައުންސިލްތަކުގެ ހިޔާލާއި ވިސްނުމާ އެއްގޮތަށް އެކިއެކި މަޝްރޫޢުތަކާއި ސަރުކާރުން ހިންގަވާ މަސައްކަތްތައް ބައްޓަންކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަ...