ނޫސްވެރިކަމުގެ އިނާމު ތިލަދުންމަތީގެ 4 ފަރާތަކަށް ލިބިއްޖެއެވެ.

ނޫސްވެރިކަމުގެ ދާއިރާއިން 2018 ވަނަ އަހަރު އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ޙަފްލާގައި ނޫސްވެރިކަމުގެ ރަން ގަލަން، ނޫސްވެރިކަމުގެ އަލިމަސް ގަލަން އަދި ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަންވެސް އަރުވާފައި ވެއެވެ.

Ad
rt

މިއަހަރު ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން އެވޯޑް ހާސިލްކޮށްފައިވަނީ އަވަސްގެ ނާޒިމް ހަސަން އެވެ. ނާޒިމް ވަނީ މިދިޔަ އަހަރުގެ ބޭއްވި އެވޯޑްނައިޓްގައިވެސް އެންމެ އުއްމީދީ ނޫސްވެރިއަކަށް ހޮވިފައެވެ.

އުފަން ރަށް، ހދ. ކުޅުދުއްފުށީގެ އޮންލައިން ނޫހެއް ކަމަށްވާ ”ކުޅުދުއްފުށީ އޮންލައިން“ އިން ނޫސްވެރިކަމަށް ނުކުތް ނާޒިމް ”އަވަސް“އާ ގުޅުމުގެ ކުރިން ”ވަގުތު“ އޮންލައިންގައި ވެސް މަސައްކަތްކޮށްފައެވެ.

އެގޮތުން މިއަދު ނާޒިމް ފާހަގަކުރެވިފައިވަނީ، ޝަރުއީ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތައް ލިޔާ ނޫސްވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ނޫސްވެރިޔާގެ ގޮތުގައެވެ.

ނޫސްވެރިކަމުގެ ޚާއްޞަ އިނާމް ތިލަދުންމަތީގެ 3 ފަރާތަކަށް ލިބިފައިވެއެވެ. ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިފައިވަނީ ހދ. ވައިކަރަދޫއަށް ނިސްބަތްވާ ޢަބްދުﷲ ރަމީޒް އަށެވެ. ރަމީޒް އަކީ ޓީވީ މޯލްޑިވްސްގައި ގިނަދުވަހު ހިދުމަތްކޮށްފައިވާ ފަރާތެކެވެ.

ނޫސްވެރިކަމުގެ ރަން ގަލަން ދެފަރާތަކުން ހާސިލްކޮށްފައިވެއެވެ. އެގޮތުން މި ސަރަފްވެރިވަނަ ހާސިލްކޮށްފައިވަނީ އަޙްމަދު މުހުސިން ގުލްފާމްގެ، ހދ. ނާވައިދޫ އާއި ހއ. ދިއްދޫ ދިލްކަސްގެ މުޙައްމަދު ވަޙީދު އެވެ. މިދެބޭފުޅުންނަކީވެސް ނޫސްވެރިކަމުގެ ދާއިރާގައި ގިނަދުވަހު ހިދުމަތްކޮށް ތަފާތު ތަޖްރިބާތަކެއް ހާސިލްކޮށްފައިވާ ފަރާތްތަކެވެ.

ހދ އަތޮޅުގެ ކުރީގެ މެންބަރުކަން ކުރެއްވި ގ. މެސްކޮޓް އަޙްމަދު ޢަބްދުﷲ ވަނީ ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ހާސިލްކުރައްވާފައެވެ.

މިއަހަރު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ނޫސްވެރިންނަކީ:

  • އެންމެ އުންމީދީ ނޫސްވެރިޔާ - ނަޖާޙު މަސްއޫދު، ސަން އޮންލައިން
  • އެންމެ މޮޅު ފޮޓޯ ޖަރނަލިސްޓްގެ އެވޯޑް - ޙުސައިން ވަހީދު، މިހާރު ނޫސް
  • ވިޔަފާރިޔާއި އިޤްތިޞާދުގެ ދާއިރާއިން - މުޙައްމަދު އަފްރާހު، އަވަސް
  • ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން - ނާޒިމް ހަސަން، އަވަސް
  • ކުޅިވަރުގެ ދާއިރާއިން - މުޙައްމަދު ހަމްދޫން، މިހާރު
  • ސިޔާސީ ދާއިރާއިން - ފަޒީނާ އަހުމަދު، މިހާރު އަދި
  • މުރުޝިދު ޢަބްދުލް ހަކީމް - ރާއްޖެ ޓީވީ
  • ފީޗަރ ލިޔުމުގެ ދާއިރާއިން - މުޙައްމަދު ހަމްދޫން، މިހާރު އަދި ހުސައިން ހަސަން ރާއްޖެ ޓީވީ
  • އިޖުތިމާއި ދާއިރާ - އާސިޔަތު މުހަންމަދު ސައީދު، މިހާރު އަދި އައިމިނަތު އަމީނާ ވީޓީވީ

ނޫސްވެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް މީޑިޔާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމު މިދިޔަ 2018 ވަނަ އަހަރު ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނުނު އެންމެޝަރަފުވެރި އިނާމުކަމަށްވާ ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސްގަލަން ހާޞިލުކުރި ފަރާތްތަކަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މި އެވޯޑް ބާރަ ފަރާތަކަށް ލިބިފައިވާއިރު ނޫސްވެރިކަމުގެ އަލިމަސް ގަލަން 9 ފަރާތަކަށް އަދި ނޫސްވެރިކަމުގެ ރަންގަލަން 12 ފަރާތަކަށް ލިބިފައިވެއެވެ. މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ވަނީ އެކިދާއިރާތަކުން 2018 ވަނަ އަހަރު ނޫސްވެރިކަމުގެ އިނާމު ހާޞިލުކުރި ފަރާތްތައް އިއުލާނުކޮށް އެފަރާތްތަކަށް އިނާމާއި އެވޯޑް ހަވާލުކޮށްފައެވެ.