މިއަދު ހަވީރު 4:45 ން ފެށީގެން އައްޑޫ ސިޓީން ކަރަންޓު ކެނޑުނު މައްސަލައަށް އަދިވެސް ހައްލެއް ނުލިބެއެވެ. ކަރަންޓު ކެނޑިފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުންނެވެ. ކަރަންޓު ނުލިބުމުގެ ސަބަބުން ގިނަބަޔަކު ދަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.
މީގެ އިރުކޮޅެއްކުރިން ފެނަކައިން ބުނެފައިވަނީ ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މާލެއިން ފަންނީ ބަޔަކު މޯލްޑިވިއަންގެ ފްލައިޓެއްގައި އައްޑޫއަށް ދަތުރު ކުރާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފެނަކައިން ވިދާޅުވީ ކަރަންޓު ކެނޑެން ދިމާވީ އިންޖީނަށް ޖެހުނު މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ.
Adhi lasthakeh nuve massala hallu koh khidhumaiy iaadha kureveyne kamuge yageenkan oiy kamugai dhannavameve.
Mi dhan’divalhugai, Addu city ge lobuvethi rayyithun dhakkavamun gendhavaa keiytherikamuge namoonaa ah takai nuhanu ikhlaastherikamaa eku shukuru dhannavameve.— Fenaka Corporation Ltd (@TeamFenaka) September 8, 2019
ފެނަކަ ކޯޕަރޭޝަނުން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ ޕަވާ ޑިސްޓިބިއުޝަންއަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރުމަށް ކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަަންނަ ކަމަށާއި ލަސްތަކެއް ނުވެ ހިދްމަތް އިޔާދަ ކުރެވޭނެކަމަށެވެ.
އައްޑޫ ރައްޔިތުން ދައްކަމުންދާ ކެތްތެރިކަމުގެ ނަމޫނާއަށްޓަކައި ފެނަކައިންވަނީ ޝުކުރު އަދާކޮށްފިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!