ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި ފިލިޕީންސްއަށް އެރި 3 ވަނަ ޠޫފާން، ޓައިފޫން ވެމްކޯ އެ ޤައުމަށް އަރައި، އެކަކު މަރުވެއްޖެއެވެ.
ފިލިޕީންސްގެ ވެރިރަށް މެނީލާއަށް އެރި މި ޠޫފާންއާއި އެކު އެ ސިޓީ އެއްކޮށް ކަހަލަ ގޮތަކަށްވަނީ ފެންބޮޑުވެފައެވެ. ގިނަ ބަޔަކުވަނީ ފެންބޮޑުވުމުގެ ސަބަބުން ގޭގޭގެ ފުރާޅުމަތީގައި ތާށިވެފައެވެ. އަދި މި ޠޫފާންގައި ވަނީ އެކަކު މަރުވެފައެވެ.
ޓައިފޫން ވެމްކޯގައި އެ ޤައުމަށް ވަނީ 96 މޭލު ބާރުމިނުގައި ވައިޖެހިފައެވެ. އަދި އެ ޤައުމުގެ އެހެން ސިޓީއެއް ކަމަށްވާ ލުޒޯންގައި ވަނީ ރޭގެ ވަގުތެއްގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްވެސް ހިނގާފައެވެ. އަދި އެ ޤައުމުގެ އައްސޭރިފަށުގައި އަދިވެސް ވަނީ މި ޠޫފާންގެ އަސަރު ކުރަމުންނެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެނީލާ ވަނީ އެއްކޮށްހެން ބަންދުކޮށްފައެވެ. އަދި އެ ސީޓީ އާއި އިންވެގެން އޮންނަ ސަރަހައްދުތައްވެސް ވަނީ ބަންދުކުރުމަށް މަޖުބޫރުވެފައެވެ.
"ގިނަ ހިސާބުތައް އަދިވެސް ވަނީ ފެނުއަޑީގައި. އެހީތެރިކަމަށް އެދި މީހުން ރޯ އަޑުވެސް އިވޭ" 53 އަހަރުގެ ރިޓަޔަޑް ޑިޒާސްޓަރ އޮފިސަރ ރުއެލް ސަންޓޯސް ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި، މި ޠޫފާންއާއި އެކު އެ ޤައުމަށް 2009 ވަނަ އަހަރު އެރި ޠޫފާން ކެޓްސަނާ މަތިން އެންމެވެސް ތިބީ ހަނދާން އާވެ ބިރުގަނެފައެވެ. ކެޓްސަނާ ޠޫފާންއާއި އެކު، އެ ޤައުމުންވަނީ 100 އަށްވުރެ ގިނަ މީހުން މަރުވެފައެވެ.
މޫސުމާއި ބެހޭ އިދާރާތަކުން އަދިވެސް ވަނީ ފުރާނައަށް ނުރައްކާވާ ދަރަޖައަށް މި ޠޫފާންގެ ބާރު ހުރި ކަމަށް ބުނަމުންނެވެ. އަދި ކަނޑުގެ އައްސޭރިފަށުގައި ދިރިއުޅެމުންދާ ފަރާތްތަކުން ކަނޑުގެ ބޮޑެތި ރާޅުތަކަށް ސަމާލުވުމަށްވެސް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!