ކޯވިޑް-19 އާއި ގުޅިގެން މާލެ ސިޓީ އަށް އިޢުލާން ކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދިނުމުގެ 2 ވަނަ މަރުހަލާގެ ދަށުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި އޯޕީޑީގެ ޚިދުމަތްތައް އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

މިއަދު އެހޮސްޕިޓަލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އޯޕީޑީގެ ޚިދުމަތް އެ ހޮސްޕިޓަލުގައި ފަށަނީ ކޯވިޑް-19ގެ ނުރައްކާތެރިކަން ފިލައިގެން ގޮސްފައިވާތީނޫން ކަމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗެޕީއޭ) އިންނާއި ޞިއްޙީ މާހިރުން ލަފާ ދެއްވާގޮތަށް ކޯވިޑް-91 ފެތުރުމާއި ބަލީގައި ގިނަ ބަޔަކު ސީރިއަސް ވުމުގެ ނުރައްކާތެރިކަން އަދިވެސް އެބައޮތްކަމަށެވެ. ނަމަވެސް މި ޚިދުމަތް އެހޮސްޕިޓަލުން ފަށަނީ ކޯވިޑް-19 ނޫން އެހެނިހެން ބަލިތަކުގެ މީހުންނަށް ލިބިދޭންޖެހޭ ފަރުވާ ފޯރުކޮށްދިނުމަކީ ނުހަނު މުހިއްމު ކަމެއްކަމުގައި އެ ހޮސްޕިޓަލުން ދެކޭތީ މި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުންކަމަށެވެ.

Ad
rt

މީގެ އިތުރުން އެހޮސްޕިޓަލުން ބުނެފައިވަނީ އޯޕީޑީ ޚިދުމަތްތައް ފެށި ނަމަވެސް މިހާރު ކުރިއަށްދާ އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެކަމަށެވެ. އަދި އޯޕީޑީއަށް އެޕޮއިންޓްމަންޓް ހެއްދުމުގައި ވަކި ޑޮކްޓަރަކަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ބަދަލުގައި އެޕޮއިންޓްމަންޓް ހެއްދޭނީ ބަލިމީހާ ދައްކަންޖެހޭ ޑިޕާޓްމަންޓެއްގެ ޚާއްޞަ ޑޮކްޓަރަކަށްކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ހުން އައުމާއި ރޯގާގެ އެއްވެސް ޢަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ވަޑައިގަތުމުގެ ބަދަލުގައި ދައްކަންޖެހޭނީ ފްލޫ ކްލިނިކަށް،

އެހޮސްޕިޓަލުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުރުބަނދަށް ލުއިދެވިފައިވީ ނަމަވެސް، ކޯވިޑް-19 އާއި ގުޅިގެން އަމަލު ކުރަމުން އައި އުޞޫލުތަކުގެ ތެރެއިން ތިރީގައިވާ އުޞޫލުތައް ދެމެހެއްޓޭނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

  • ވޯޑްތަކުގައި އެޑްމިޓް ކޮށްފައިވާ ބަލިމީހުންނަށް ޒިޔާރާތް ކުރުން މަނާކޮށް "ވިޒިޓިން ޢަވާސް" ހުއްޓާލުން
  • ވޯޑްތަކުގައި އެޑްމިޓް ކޮށްފައިވާ ބަލިމީހުން ކައިރީގައި މަޑު ކުރެވޭނީ އެންމެ އެހީތެރިއަކަށްކަން.
  • ބަލިވެގެން ޑޮކްޓަރަށް ދައްކަން ނޫންގޮތަކަށް ކުޑަކުދިން ހޮސްޕިޓަލަށް ނުގެނައުން.
  • ދުރާލާ ރޭވިގެން ކުރިޔައްގެންދިއުމަށް ހަމަޖެހިފައިވާ (ރޫޓިން) އޮޕަރޭޝަންތައް މެދުކަނޑާ ލެވިފައިވުން.
  • ހޮސްޕިޓަލަށް ވަންނަ ފަރާތްތައް ހުމާއި ރޯގާ ފަދަ ކޮވިޑްގެ އަލާމާތްތަކަށް ސްކްރީންކުރުން

އޮންލައިން ކޮންސަލްޓޭޝަން އަށް އެޕޮއިންޓްމަންޓް ހެއްދެވުމަށް ކޮންމެ ޑިޕާޓްމަންޓަކަށްވެސް މެސެޖު ނުވަތަ ވައިބާރ ކުރައްވަންޖެހޭ ނަންބަރާއި އަދި ލެބޯޓަރީ ފަދަ ޚިދުމަތްތަކާއި ބެހޭ އިތުރު ތަފްޞީލު އެހޮސްޕިޓަލުން ވަނީ އާންމުކޮށްފައެވެ.