ުީރާއްޖޭގައި ކޮށްފައިވާ ފުރަބަންދު ނިމުމަކަށް ގެނައި ނަމަވެސް ރާއްޖެއިން ކޯވިޑް-19 ނެތުނީ ކަމަށް އަދި ކޮންޓްރޯލް ކުރެވުނީ ކަމަށް ބަލއިގެން ނުވާނެ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ހުންނަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ މިބަލި އޮންނާނީ އިންފުލުއެންޒާ ގޮތަށް އައިސް ގޮސްވާ ބައްޔެއްގެ ގޮތުގައި ކަމަށެވެ.

Ad
rt

" ރިހާ އެންމެން ވެސް ހަނދާން ކުރަން ޖެހޭނެ މި ސާޖް މެނޭޖްކުރެވުނަސް، މި ބަލިން ސަލާމަތް ވީއެއް ނޫނޭ. ލޮކްޑައުން ފިލިޔަސް ރާއްޖޭން ބަލި ނައްތާލެވުނީއެއް ނޫނޭ. ބަލި ކޮންޓްރޯލް ކުރެވުނީއޭ. ޖުލައި، އޮގަސްޓްގައި ވެސް މި ބަލި ސަވަޔަލެންސް ކުރެވެން ވާނެ. މި ބަލި ގޮސް އައިސް އޮންނާނީ. އިންފުލުއެންޒާ ގޮތަށް އަންނަމުންދާނީ. އެހެންވީމަ އަޅުގަނޑުމެންގެ ސާވަޔަލެންސް ސިސްޓަމް ވެސް އެގޮތަށް ރާވަމުން ގެންދަން ވާނީ." ޑރ. ޝީނާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ހުއްދަ ލިބިގެން ގޭބިސީތަކަށް ދާ މީހުންވެސް ވަރަށް ބޮޑަށް މިދުވަސް ކޮޅަށް ސަމާލުވާން ޖެހޭ ކަމަށެވެ. އެ ގޮތަށް އަންނަ މީހުންގެ ފަރާތުން ގޭތެރޭގައި ފުރަބަންދު ވެގެން ތިބި މީހުންގެ ގަޔަށް ވައިރަސް އަރާފައި ހުރިކަން ފާހަގަކުރެއްވޭ ކަމަށާއި، މި މަހުގެ ތެރޭގައި ވަރަށް ބޮޑަށް ސޯޝަލް ޑިސްޓެންސް އަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ޑރ. ވިދާޅުވިއެވެ.

ޑރ. ޝީނާ ވަނީ ޓެސްޓް ނުކުރެވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. ޓެސްޓް ކުރާ އެއްޗެހި ލިބުމުގައި ވެސް ވަރަށް ގިނަ ދަތިތަކެއް އެބަހުރި ކަމަށާއި، ޓެސްޓް ކުރެވެން ނެތީމަ އޭގެ މާނައަކީ ސައިލެންޓްކޮށް މި ބަލި ފެތުރެމުންދާ ކަމަށްވެސް ޑރ. ފާހަގަ ކުރެއްވިއެވެ.

އެނޫސްވެރިންގެ ބައްދަލުވުމުގެ ކޯވިޑް-19 ޓާސްކު ފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ޓެސްޓިން އާލާތް ހޯދަން އިސްކަން ނުދެނީ ނޫންކަމަށާއި، ރާއްޖެ ކަހަަލަ ގައުމަކަށް މިކަހަލަ އާލާތް ހޯދުން ވަނީ ވަރަށް އުނދަގޫވެފައިި ކަމަށެވެ.

އެ ތަކެތި ހޯދަން ވަރަށް ގިނަ މަސައްކަތް ކުރެވެމުން ދާކަމަށާއި، އެ ތަކެތި ލިބެން ހުރި ބަޔަކު އަތުން އެ އެ ތަކެތި ގަންނަން ސަރުކާރުން އޮތީ ތައްޔާރަށް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 648 އަށް އަރާފައެވެ.