ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލު ފާސްކޮށްފައި ވަނީ 16 ސެޕްޓެންބަރު 2025 ވީ އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ (6) ގައި 60 މެމްބަރުންގެ ވޯޓުންނެވެ.

Ad
rt

މި ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރަށްވާ ހިސާބުން މި ޤާނޫނަށް ޢަމަލުކުރަން ފެށުނީކަމަށް މި ބިލުގައި ހިމެނިފައިވުމާއެކު، މި ބިލު މި އަދު ރައީސް ތަޞްދީޤުކުރައްވައި، ރައީސް އޮފީހުން ބި ޤާނޫނު ގެޒެޓްކުރެއްވުމާއެކު މި ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލު" ވަނީ އުވިފައެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" މި ޤާނޫނުގެ ދަށުން އުފައްދާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" ގޮތުގައި ހަމަޖެހިގެންދާނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކ،ު މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ޚިދުމަތްކުރަމުންދިޔަ މުވައްޒަފުންނަކީ ކޮމިޝަނުގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެއެވެ.

މި ޤާނޫނުގައިވާ ގޮތުގެ މަތީން ''މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން'' އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއ،ި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވ،ާ އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގެ މަރުހަލާތައް ހިނގަމުން ދިޔައިރު ބައެއް ނޫސްވެރިންނާއި، މީޑިއާތަކަށް ވަރަށް ބޮޑަށް ކަންބޮޑުވުންފާޅުކޮށް އިހުތިޖާޖުކޮށްފައިވެއެވެ.

.