ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ވީ6-ޖީ-03 ގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފިއެވެ.

މިއެކްސްޕީރިއަންސް ސެންޓަރު ރަސްމީކޮސް ހުޅުވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު އެވެ.

Ad
rt

އުރީދޫ މޯލްޑިވްސްއިން ބުނީ، މި އައު ސެންޓަރަކީ ހުޅުމާލެ ފޭސް 2 ގެ ސަރަހައްދުގެ ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށްޓަކައި ތައްޔާރުކޮށް ހުޅުވާފައިވާ ސެންޓަރެއްކަމަށެވެ.

އުރީދޫއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސެންޓަރުން އުރީދޫގެ އެހެން އެކްސްޕީރިއަންސް ސެންޓަރުތަކުންވެސް ލިބޭ ހުރިހާ ޚިދުމަތްތަކާއި އެހީތެރިކަން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މި އެކްސްޕީރިއަންސް ސެންޓަރު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 0900 - 1200 އަދި މެންދުރު 1300 އިން 1600 އަށެވެ.

ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކޮށް، ޚިދުމަތްތަކުގެ މައުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން، މި އައު ސެންޓަރުން ރައްޔިތުންނަށް ސިމްކާޑު ރަޖިސްޓްރީ ކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި، ޑިވައިސް ގަތުމާއި، އަދި ޕާސަނަލައިޒްޑް ކަސްޓަމަރ ސަޕޯޓް ފަދަ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެވޭނެއެވެ.

އުރީދޫއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި ސެންޓަރަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި، ތަމްރީނު ލިބިފައިވާ ފަންނުވެރިންގެ ޓީމަކުން މަސައްކަތްކުރާ ސެންޓަރެކެވެ.

މީގެ އިތުރުން، މި އައު ސެންޓަރުން އިން-ޕާސަން ޚިދުމަތް ދިނުމުގެ އިތުރުން، އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީ، އެމް-ފައިސާ މޮބައިލް ޕޭމަންޓާއި އުރީދޫ އެޕް ބޭނުންކުރާނެ ގޮތް ކަސްޓަމަރުންނަށް ކިޔައިދޭނެއެވެ.