ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ވިހި އަހަރުން ދަށުގެ ދިވެހި ގައުމީ ފުޓްބޯޅަ ޓީމު އިންޑިއާ އަށް އިއްޔެ ފުރައިފި އެވެ.

އަންނަ ހޯމަ ދުވަހު އިންޑިއާގެ ބުނަނޭޝްވަރު ގައި ފަށާ ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިފަހަރު ވާދަކުރަނީ ފަސް ގައުމަކުންނެވެ.

Ad
rt

އެއީ ރާއްޖެ އާއި އިންޑިއާގެ އިތުރުން ނޭޕާލާއި، ސްރީ ލަންކާ އަދި ބަންގްލަދޭޝް އެވެ.

މި އަހަރުގެ މުބާރާތުގެ ފުރަތަަމަ މެޗުގައި އަންނަ ހޯމަ ދުވަހު ދިވެހިރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މި މަހު އޮނަތިރީސް ވަނަ ދުވަހު ބަންގްލަދޭޝާ ބައްދަލުކުރާއިރު، އޭގެ ދެ ދުވަސް ފަހުން މި މަހު 31 ވަނަ ދުވަހު އަވައްޓެރި ޝްރީލަންކާއާ ދެކޮޅަށް ކުޅޭނެއެވެ.

މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި އަންނަ އޯގަސްޓް މަހު ދެވަނަ ދުވަހު ރާއްޖެ ނުކުންނާނީ މި މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާއާ ދެކޮޅަށެވެ.

މި މުބާރާތުގައި ޒުވާން ގައުމީ ޓީމަށް އިރުޝާދު ދޭނީ ގައުމީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކުރިން ކޮށްފައިވާ އަޙްމަދު ޝާކިރު، ޝާކިއްޓެ އެވެ.

މީގެއިތުރުން މުޙައްމަދު އަބީރު މެނޭޖަރަކަށް ދިޔައިރު ސީނިއަރ ޤައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުޙައްމަދާއި އިބްރާހީމް ސައީދު، ކަކާ އާއި އަޙްމަދު ފައްރާހު، ފައްރަވެސް ކޯޗިންގ ސްޓާފުންގެ ގޮތުގައި ޓީމުގައި ހިމެނިގެން އިންޑިއާއަށް ވަނީ ގޮސްފައެވެ.