ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާއިތުވި 2021 ވަނަ އަހަރު ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރުގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރާއި ގުޅޭގޮތުން އާންމުކުރި ރިޕޯޓުގައި ހާމަ ކޮށްފިއެވެ.

އެ ކޮމެޓީން ކާމިޔާބު ކަމާއިއެކު ހިންގާފައިވާ ހަރަކާތްތަކުގެ ތެރޭގައި ދެ ޖިންސަށް ހުޅުވާލައިގެން ޖަނާޒާ ވޯކްޝޮޕެއް ކުރިއަށް ގެންދިޔުމާއި، އެ ރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކާއި ބައްދަލުކޮށް ހުރި ދަތިތައް އޮޅުންފިލުވައި އެކަމަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވެއެވެ.

Ad
rt

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު ބަލައިފި

ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތައް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނުމާއި، ނޮޅިވަރަންފަރު ކައުންސިލާއި ގުޅިގެން އެ ރަށު ސްކޫލުން ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ އަގުވަޒަން ކުރުމާއި، މުދައްރިސުންގެ ދުވަސް ފާހަގަކޮށް މުދައްރިސުންގެ އަގުވަޒަން ކުރުމުގެ ގޮތުތުން ހާއްސަ ޚަފްލާއެއް ބޭއްވުމުގެ އިތުރުން ނޮޅިވަރަންފަރު ސްކޫލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް މުސްހަފް ހަދިޔާކޮށްފައިވެއެވެ.

ރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން އެޑްވާންސް ލެވެލްގެ ފަހާ ކޯހެއް ކާމިޔާބު ކަމާއިއެކު ހިންގުމާއި، އެ ރަށު ސްކޫލުގައި ތަޢުލީމް ޚާސިލްކުރަމުން އަންނަ ފުރާވަރުގެ ކުދިންނަށް އެ ކުދިން ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގުމާއި، ނޮޅިވަރަންފަރު ސްކޫލުގެ ބެލެނިވެރިންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ހިންގުމުގެ އިތުރުން އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.

ނޮޅިވަރަންފަރު ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯސް ނިންމާލައިފި

ނޮޅިވަރަންފަރު ކައުންސިލުން އިސްނަގައިގެން ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގެ ދެ ޖިންސަށް ހުޅުވާލައިގެން ބޭއްވި ކުޅިވަރު މުބާރާތަށް ޓީޝާޓް ހަދިޔާ ކުރުމާއި، އެ ރަށުގެ ބެލެނިވެރިންނަށް އިނގިރޭސި ބަހުން ލިޔަންކިޔަން ދަސްކޮށްދިނުމުގެ ގޮތުން މަމްސް އެންޖީއޯއާއި އެ ކޮމެޓީ ގުޅިގެން ހަ މަސްދުވަހުގެ އޮންލައިން އިނގިރޭސި ކުލާސްތަކެއް ކާމިޔާބު ކަމާއިއެކު ހިންގާފައިވެއެވެ.

އެ ކޮމެޓީން ފާއިތުވި އަހަރު ހިންގުމަށް ރާވާފައިވާ ގިނަ ހަރަކާތްތައް ކާމިޔާބު ކަމާއިއެކު ހިންގާފައި ވީ ނަމަވެސް، ހިންގުމަށް ކަނޑައެޅި ބައެއް ހަރަކާތްތައް ހިންގިފައިނުވެއެވެ. އެ ރިޕޯޓުގައި ހިންގިފައިނުވާ ކަންތައްތަކުގެ ތަފްސީލާއި ނުހިންގެން ދިމާވި ސަބަބުތައް ވެސް ވަނީ ބަޔާން ކޮށްފައެވެ.

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ކުރިއަށް ގެނދިޔަ ޖަނާޒާ ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

މީގެއިތުރުން ކުރިއަށް މި ހިނގާ 2022 ވަނަ އަހަރު އެކި ދާއިރާތަކުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތްތައް ވެސް އެ ރިޕޯޓުގައި ވަނީ ބަޔާން ކޮށްފައެވެ. އެ ގޮތުން ނޮޅިވަރަންފަރު ސްކޫލުން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ އަގު ވަޒަން ކުރުމަށް ވަނީ ކަނޑައަޅާފައެވެ.

އެ ރަށުގެ ކަނބަލުންނަށް މި އަހަރު ވެސް ފަހާ ކޯހެއް ކުރިއަށް ގެންދިޔުމާށާއި، ކަނބަލުންނަށް ގޭތެރޭގައި ބޭނުންކުރާ ސާމާނު ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް ކުރިއަށް ގެންދިޔުމުގެ އިތުރުން ޕޭސްޓްރީ ކޯހެއް ހިންގުމަށް ވަނީ ނިންމާފައެވެ.

ނަޞްރުގެ ދުވަހާއި ގުޅުވައިގެން ނޮޅިވަރަންފަރު އަންހެނުންގެ ކޮމިޓީން ކަނބަލުންނަށް ޚާއްޞަ ފޮޓޯ ޗެލެންޖެއް

އިޖުތިމާޢީ ތަރައްޤީގެ ދާއިރާއިން މި އަހަރު ކުރިއަށް ގެންދިޔުމަށް އެ ކޮމެޓީން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ މަޢުރަޒެއް ބޭއްވުމުގެ އިތުރުން ފޮތި ކޮތަޅު ވިއްކުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔުމަށެވެ.

މުޖުތަމަޢު ހޭލުންތެރި ކުރުމުގެ ގޮތުން މި އަހަރު ޖުމްލަ ދެ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ކަނޑައަޅާފައިވާއިރު، އެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ޖެންޑާއާއި ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ހިންގުމުގެ އިތުރުން އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމެވެ.

މީގެއިތުރުން އަންހެނުންގެ ދުވަސް ފާހަގަ ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަ ކުރުމާއި ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަކީ ވެސް މި އަހަރުގެ ތެރޭގައި އެ ކޮމެޓީން ކުރިއަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކެވެ.