ހދ. އަތޮޅު ކައުންސިލް، ނޭކުރެންދޫއަށް ބަދަލުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލިސްގައި ނޭކުރެންދޫ ތަމްސީލް ކުރަށްވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އެދިވަޑައިގެންފިއެވެ.
ރާޢީ މިހެން ވިދާޅުވީ، ކުމުންދޫ ކައުންސިލް ރައީސް އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ކުރެއްވި ޓްވީޓެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ.
އަމީންގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ، ހދ. އަތޮޅު ކައުންސިލްގެ އިދާރާ އަތޮޅުގައި އަލައް އުފެދިފައިވާ ސިޓީ ގައި ހުރުމުން ބައެއް ސަރުކާރުގެ ވުޒާރާތަކަށް އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލްގެ ދަރަޖަ އޮޅިގެންދާ ކަމަށެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ޓެގް ކުރައްވާފައިވާ މި ޓްވީޓްގައި ހދ. އަތޮޅުކައުންސިލް އަތޮޅުގެ އެހެން ރަށަކަށް ބަދަލު ކުރުމާއި ދޭތެރޭ ވިސްނާލުން ވާނީ ކިހިނެއްތޯ އަމީން ވަނީ ސުވާލު ކުރައްވާފައެވެ.
އަމީންގެ ޓްވީޓަށް އިޝާރާތް ކުރަށްވަމުން މެންބަރު ރާޢީ ވިދާޅުވީ ހދ. އަތޮޅު ކައުންސިލް ހދ. ނޭކުރަންދޫ އަށް ބަދަލުވެގެން ދިއުމަކީ، މުޅި އަތޮޅަށް އެކަމުގެ ލާބަ އާއި މަންފާ ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ބޮޑު ތިލަދުންމަތީގެ އަދި މި ސަރުކާރިގެ ތަރައްޤީގެ ބޮޑު ތަސައްވަރަކާއި ނޭކުރަންދޫއާއި ގުޅިފައިވާކަމަށް ރާޢީ ވިދާޅުވިއެވެ.
ހދ. އަތޮޅު ކައުންސިލް މިހާރު ހުންނަނީ ކުޅުދުއްފުށީ ސިޓީގައެވެ. ކުޅުދުއްފުށީ ސިޓީއަކީ ހދ. އަތޮޅުގެ ވެރިރަށަށް ބަދަލު ކުރުމުގެ ކުރިން ހދ. ގައި އަތޮޅުވެރިކަން ކުރަމުން އައީ ހދ. ނޮޅިވަރަންފަރުގައެވެ.
ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދިޔުމުން އަތޮޅުގެ އެހެން ރަށަކަށް އަތޮޅު ކައުންސިލް އިދާރާ ބަދަލުވެގެން ދިޔުމަކީ އަތޮޅުގެ އާބާދީ ބޮޑެތި ރަށްތަކުން ދެކުނު ހުވަފެނެކެވެ.
ނަމަވެސް 19 މަޖިލިސްފެށި ފުރަތަމަ މަޖިލިސްއިން ނިންމި ކަންކަމުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް އިސްލާހް ގެނެސް މިހާރުއޮތް އިންތިޒާމްގެ ތެރެއިން ހދ. އަތޮޅު ކައުންސިލް ހުންނާނީ ކުޅުދުއްފުށީގައި ކަމަށް ވަނީ ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!