ނުކުޅެދުންތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. ބިލެތްފަހީގައި ކުރިއަށް ގެންގޮސްފިއެވެ.
ޖެންޑަރ މިނިސްޓްރީއިން މަޢުލޫމާތުދީފައިވާ ގޮތުގައި މިއީ ނުކެޅެދުންތެރިކަން ހުންނަ މީހުންނަށް ފާގަތި ކުރިމަގެއް ހޯދައިދިނުމަށާއި، މިފަދަ ފަރާތްތަކަކީ މުޖުތަމަޢުގެ މުހިއްމު ހިއްސާއަކަށް ހެދުމާއި، އަދި މުޖުތަމަޢުގައި އެންމެ ފުރިހަމައަށް ބައިވެރިވެވޭނެ ފަދަ ފުރުސަތުތައް ފަހި ކުރުމަށްޓަކައި އެ މިނިސްޓްރީއާއި، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ގުޅިގެން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކެއްކަމަށެވެ.
މިގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގައި 12 ސެޕްޓެމްބަރުގައި ށ. ބިލެތްފަހީގައި ދިރިއުޅެމުންގެންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބައްދަލުކޮށް ހާލަތު ދެނެގަނެވި އަދި އެރަށުގެ 40 ބެލެނިވެރިންނަށް ނުކުޅެދުންތެރިކަމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
އަދި ސްޓޭކް ހޯލްޑަރސްއާއި އެކު ބައްދަލުކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމަށް އެދެވޭ ހެޔޮ ބަދަލްތަކެއް ގެނައުމަށް، ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށް ގޮތްތަކެއް ކަނޑައެޅުމަށް ރޭވިފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.
މިޕްރޮގްރާމް ކާމިޔާބުކަމާއިއެކު ހިންގުމަށްޓަކައި ށ. ބިލެތްފަހީގެ ކައުންސިލްގެ ފަރާތުން ވެދެއްވި ފުރިހަމަ އެއްބާރުލުމާއި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ހޫނު ތަރުޙީބާއި ބައިވެރިވުން ފާހަގަކޮށް ޖެންޑަރ މިނިސްޓްރީއިން ވަނީ ޝުކުރުއަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!