އދ. ގެ 74 ވަނަ އާންމު މަޖިލީސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ތަގުރީރު ކުރައްވައިފި އެވެ.
#Livestream President @ibusolih delivers his address at the 74th session of the #UNGA https://t.co/q8fuI7d1er
— The President's Office (@presidencymv) September 24, 2019
ރައީސް ސޯލިހު އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވާފައި މިވަނީ އދ. ގައި ރާއްޖޭގެ ރައީސެއް ބައިވެރިވެވަޑައިގެން ތަގުރީރު ނުކުރައްވާތާ 6 އަހަރު ވެފައިވަނިކޮށެވެ.

މިރޭ ރައީސް ދެއްވި ތަގުރީރު ގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކަށާއި އިންސާނީ ހައްގު ކުރިއަރުވަން ރާއްޖެއިން ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. އެގޮތުން ވޭތިވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ކުރިމަތިވި ހާލަތު ރައީސް ބަޔާންކޮށްދެއްވިއެވެ.

އެގޮތުން ރާއްޖޭގެ މުއައްސަސާތަކުގެ މިނިވަންކަން އޮތީ ގެއްލި ޖުޑީޝަރީގެ މިނިވަންކަން ގެއްލި، މަޖިލީހުގެ ބާރު ކަނޑުވާލާފައިވާކަން ރައީސް ވިދާޅުވިއެވެ. އަދި އިދިކޮޅު ހުރިހާ ލީޑަރުން ޖަލުގައި ނުވަތަ ގައުމުން ބޭރުގައި އަރުވާލެވިފައި ތިބެން ޖެހުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އިޒުރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކަށާ، އަދި ހިންގަން ރާވަމުންދާ ކަންކަމަށް އިޝާރަތް ކުރެއްވާފައެވެ. ރައީސް ވިދާޅުވީ މެދުއިރުމައްޗަށް ހަމަޖެހުން ގެނެވޭނެ ހަމަ އެކަނި ގޮތަކީ އިޒްރޭލު ވެސް އޮތުމާ އެކު ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް ގާއިމްކޮށްދީގެން ކަމަށެވެ.
އިޒްރޭލުން މިހާރު ގެންދަނީ މީގެ ކުރިން ދުވަހަކު ވެސް ނަގައިނުލާ ވަރަށް ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ނަގައިލަމުން ކަމަށާއި ފަލަސްތީނު ރައްޔިތުން އެކަހެރިކޮށް އެމީހުންނާ މެދު ބޭއިންސާފުން އަމަލުކުރަމުން ދަނީ ބައިނަލްއަގުވާމީ ހުރިހާ ގާނޫނަކާއި އދ.ގެ ހުރިހާ ގަރާރަކާ ހިލާފަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!