މިއަހަރުގެ ސްކޫލު ބަންދާ ދިމާކޮށް ޑިސެމްބަރު މަހު ޢުމްރާއަށް ގެންދިއުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި ޤިބްލަ ހައްޖު އެންޑް ޢުމްރާ ކުންފުންޔަށް ތަރުހީބު ބޮޑުކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެ ޖަމާއަތުގެ ޑިސެމްބަރު މަހުގެ ޢުމްރާއަށް ތަރުހީބު ލިބޭ ސަބަބެއްކަމަށް އެކުންފުނިން ބުނެފައިވަނީ މަދަރުސާ ދަރިވަރުންނާއި އާއިލާތަކަށް ހާއްޞަ އަގުތަކެއް ހަމަޖައްސާފައިވާތީއާއި 4 އަދި 10 މީހުންގެ ގުރޫޕްތަކަށް ވެސް ހާއްޞަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާތީކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޔާމިން އިދުރީސް ހާމަކުރެއްވިއެވެ. މީގެ އިތުރުން، ޤިބްލަ ޖަމާއަތުގައި ތިބީ ތަޖުރިބާކާރު ޒުވާން ޓީމެއް ކަމަށްވާތީ، ގިނަ ބަޔަކު ޤިބަލް ބަލައިގެންފައިވާކަމަށްވެސް އެ ޖަމާއަތުން ބުނެއެވެ.
ޤިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުގެ އެމްޑީ އަކީ ޔާމީން އިދްރީސް އެވެ. އަަދި ޗީފް އެޑްވައިޒަރަކީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ޑިރެކްޓްރުންނަކީ އަލީ އަހްސަން އަދި އިބްރާޙިމް އަޝްވާގެވެ. އޮޕްރޭޝަން މެނޭޖަރަކީ ހަސަން ސިނާނެވެ. އަދި ކްރިއޭޓިވް ޑިރެކްޓަރަކީ އަބްދުﷲ ޝަފީއުއެވެ.
ޤިބްލަ ހައްޖު އެންޑް ޢުމްރާ ގުރޫޕުގެ މަޢުލޫމާތު ދޭގޮތުގައި ޑިސެމްބަރ މަހު ޢުމްރާ ޕެކޭޖުގައި ވަރަށް ގިނަ ޚިދުމަތްތައް ހިމެނޭނެއެވެ.
އެޖަމާއަތުގެ ހަވާލުގައި ޢުމްރާއަށް ދާ ފަރާތްތަކަށް ދޭ ހިދުމަތްތަކުގެ ތެރޭގައި ޙަރަމްފުޅާ ކައިރިން ހޮޓާ، އިޙްރާމް، ދެކޮޅު ޓިކެޓް، މައްކާ އާއި މަދީނާގެ ޒިޔާރަތް ދަތުރު، ދެ ޢުމްރާ ކުރުމުގެ ފުރުޞަތު، ވިސާގެ ޚިދުމަތް، ދިވެހިންގެ ރަހަތަކާގުޅޭ ކެއުން، ތަމްރީން ޕްރޮގްރާމް އަދި ދީނީ މަޢުލޫމާތާއި ދަރުސް ދިނުން ހިމެނެއެވެ. ގިބްލަ ހައްޖު އެންޑް އުމްރާ ކުންފުނީގެ ޑައިރެކްޓަރަކީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެއެވެ.
މި ދަތުރުގައި ވަނީ ޖުމްލަ 18 ދުވަހެވެ. މައްކާގައި 16 ދުވަސް، މަދީނާގައި 2 ދުވަސް ހޭދަކުރާނެކަމަށާއި މައްކާއާއި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރާނެ ކަމަށްވެސް ޔާމިން އިދްރީސް ވިދާޅުވިއެވެ. އަގަކީ މީހަކަށް 22000 ރުފިޔާ އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމާއި ނަންނޯޓް ކުރެއްވުމަށް 9666104 ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެކުންފުނިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!