ހދ. ހަނިމާދޫ ކައުންސިލް އިދާރާއަށާއި ހއ. ބާރަށު ކައުންސިލްގެ އިދާރާއަށް އަދި ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރުގެ މަޤާމަށް މީހަކު ހޯދަން، ސިވިލް ސަރވިސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ. މި ކައުންސިލްތަކުގެ އިދާރާއަށް ޑިރެކްޓަރުގެ މަޤާމަށް މީހުން ހޯދަން އިއުލާންކޮށްފައިވަނީ މިއަދު ވަކިވަކިންނެވެ.

ކޮންމެ އިދާރާއަކަށްވެސް އެއް ޑިރެކްޓަރަކު ބޭނުންވާއިރު، ޑިރެކްޓަރުގެ މަޤާމަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 8835 ރުފިޔާއެވެ. ސަރވިސް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 2000 ރުފިޔާ ދިނުމަށާއި ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި 1100 ދިނުމަށްވެސް ކަނޑައަޅާފައިވެއެވެ.

Ad
rt

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި ކައުންސިލްގެ އިދާރާ ހިންގާ ތަރައްޤީކުރުމުގެ މަސައްކަތް ރާވާ ބެލެހެއްޓުމާއި، ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުން އަދި ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހާ ވަސީލަތްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން ހިމެނެއެވެ.

މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެކަން ކުރުމުގެ އެންމެ ފަހު ގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހުގެ 14:00 އެވެ.