ބޮޑު ތަރުހީބަކާއިއެކު ޑަބްލިއު ސްޕޯޓްސް އެކަޑެމީ އާއި ހޭންޑްބޯލް އެސޯސިއޭޝަންއާ ގުޅިގެން ކުޅުދުއްފުށި ސިޓީގައި ބީޗް ހޭޑްބޯލް މުބާރާތެއް ފަށައިފިއެވެ.
ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ހިމެނޭ ފިރިހެން ކެޓަގަރީ ހާއްސަ ކުރެވިފައިވަނީ އޮފީސް ތަކަށެވެ. މި ކެޓަގަރީގައި އެ ރަށުގެ އަށް އޮފީހަކުން ވަނީ ބައިވެރި ވެފައެވެ. އެ އޮފީސް ތަކަކީ ޕޮލިސް، ދިރާގު، ކަސްޓަމްސް، ކުޅުދުއްފުށީ ކެމްޕަސް (އެމްއެންޔޫ)، އަފީފުއްދީން އެސްއާރުސީ، ޓީމް އޭއީސީގެ އިތުރުން ކޭޕީއެލް އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އެވެ.
މި މުބާރާތުގައި ދެން ހިމެނެނީ އަންހެން ކެޓަގަރީއެވެ. އަންހެން ކެޓަގަރީގައި ޖުމްލަ ނުވަ ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެ ޓީމްތަކަކީ ލޮބްސްޓާ، ޓީމް ފައިވް، ޔުނީކް ފުރެންޑްސް، ފެމެލީ ބޭކަރީ، ޓީމް ނިކަ، ޝެޑޯ، ސަނދަރަގެ އިތުރުން އޮކްޓޮޕަސް އާއި އަފީފުއްދީން އެސްއާރުސީ އެވެ.
މި މުބާރާތް ފުރަތަމަ ފެށުމަށް ހަމަޖެހިފައި އޮތީ އޮކްޓޯބަރ މަހުގެ އަށްވަނަ ދުވަހުއެވެ. ނަމަވެސް ކޯވިޑް ބަލީގެ ސަބަބުން ކުޅުދުއްފުށި ސިޓީ އެޗްޕީއޭއިން މޮނީޓަރިންއަށް ލުމާއި ގުޅިގެން މުބާރާތް ފަސްކުރުމަށްފަހު، މި މުބާރާތް ފަށާފައިވަނީ ރާއްޖޭގެ ނަސްރުންގެ ދުވަހާއި ގުޅުވައިގެން މި ހިނގާ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ.
މި މުބާރާތް ފަށާފައިވަނީ 3 ނޮވެމްބަރ 2020 އަންގާރަ ދުވަހުގެ ހެނދުނުއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ 2 މެޗު ހެނދުނު ކުޅެފައިވާއިރު ކޭޕީއެލް އާއި ހޮސްޕިޓަލް ބައްދަލުކުރި މެޗު 27-19 އިން ކާމިޔާބުކޮށްފައިވަނީ ހޮސްޕިޓަލް ޓީމެވެ. އަދި ކަސްޓަމްސް އާއި އެމްއެންޔޫ ބައްދަލުކުރި މެޗު 36-6 ކުން ކާމިޔާބުކުރީ ކަސްޓަމްސްގެ ޓީމެވެ.
/
Handball Maldives
Eyewell Portrait
Sports Horario
PSM Sports1
Posted by W Sports Academy on Tuesday, November 3, 2020
އަންހެން ޑިވިޝަންގެ ހަތަރު މެޗު ވެސް ހެނދުނު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ލޮބްސްޓާ އާއި ޓީމް ފައިވް ބައްދަލުކޮށް 5-9 ޓީމް ފައިވް މެޗު ކާމިޔާބު ކުރިއިރު ޔުނީކް ފުރެންޑްސް އާއި ފެމެލީ ބޭކަރީ ބައްދަލު ކުރި މެޗުގައި 7-3 މެޗު ކާމިޔާބު ކުރީ ޔުނީކް ފުރެންޑްސް އެވެ. އަދި ނިކައާއި އަފީފުއްދީން އެސްއާރުސީ ބައްދަލުކޮށް 12-4 ކާމިޔާބު ކުރީ ޓީމް ނިކަ އެވެ. ހެނދުނު ކުޅުނު ފަހު މެޗުގައި ޝެޑޯ އާއި ސަނދަރަ ބައްދަލުކޮށް 5-2 އަކުން މެޗު ކާމިޔާބުކުރީ ޝެޑޯ އެވެ.
Day 2
Posted by W Sports Academy on Wednesday, November 4, 2020
މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 08 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!