ތ. ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލާލުމަށް ފަހު އެއްލާލައިފައި އޮއްވާ ފެނިއްޖެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
އެރަށުން "ތިލަދުން" އަށް ވާހަކަ ދެއްކި މީހަކު ވަނީ އެކަން ޔަޤީން ކޮށްދީފައެވެ. އެމީހާ ބުނީ އެ ބިދޭސީ މީހާ ދިރިއުޅޭ ކޮޓަރިއަށް ޓިނު ނަގައިގެން މީހަކު ނުވަތަ ބަޔަކު ވަދެފައިވާ ކަމަށް ބެލެވޭކަމަށެވެ. އެމީހާ މަރާލުމަށްފަހު އެއްލާލާފައި އޮތީ އެމީހާ ދިރިއުޅޭ ތަނުގެ ކުރިމައްޗަށް ކަމަށްވެސް އެމީހާ ބުންޏެވެ.
އެބިދޭސީ މީހާއަކީ ހިއްކައިގެން ގުރައިދޫއަށް އިތުރުކޮށްފައިވާ ސަރަޙައްދުގެ ސައިޓެއްގައި މަސައްކަތް ކުރާ މީހެއް ކަަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެސަރަހައްދުގައި ކުރިން ގުރައިދޫއާއި އިންވެގެން އޮންނަ ކަންޑަރު ކިޔާރަށެއް އޮވެއެވެ. ނަމަވެސް މިހާރު އެރަށަކީ ހިއްކާފައިވާ ގުރައިދޫގެ ބައެކެވެ. އެ ބިދޭސީ މީހާ މަސައްކަތް ކުރަމުން ދަނީ އެސަރަހައްދުގައި ކަމަށް މި ނޫހަށް މަޢުލޫމާތު ދިން މީހާ ބުނެފައި ވެއެވެ.
މިކަމާއި ގުޅިގެން ފުލުހުން އަދި އެއްޗެއް ބުނަފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!