ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން މުދަލާއި ޙިދުމަތް ހޯދުމަށް ކޮށްފައިވާ އިޢުލާންތަކަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީޚްތައް، ވަކި މުއްދަތެއް ނެތި ވަނީ ފަސްކުރެވިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
މިއަދު އެކުންފުނިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާންމު ކުރި މަޢުލޫމާތުގައި ވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރޯގާއާއި ގުޅިގެން މުޅި ރާއްޖެ ފުރަބަންދުކުރުމާއި ގުޅިގެން އެކުންފުނިން މުދަލާއި ޙިދުމަތް ހޯދުމަށް ކޮށްފައިވާ އިޢުލާންތަކަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީޚްތައް، ވަކި މުއްދަތެއް ނެތި ވަނީ ފަސްކުރެވިފައިކަމަށެވެ.
އަދި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އައު ތާރީޚްތައް ސަރުކާރު ރަސްމީކޮށް ހުޅުވުމުން އިޢުލާންކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަަކައި ދަންނަވާކަމަށާއި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް tender@fenaka.com.mv އަށް އީމެއިލްކޮށްދެއްވުން އެދޭކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!