1447 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤުވާމީ އިސްލާމީ ޖަމުޢިއްޔާތަކުގެ ވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް މި ތަހުނިޔާ ފޮނުއްވާފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައެވެ.

Ad
rt

އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ވަކިވަކީން ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުތަކުގައި، މި ބަރަކާތްތެރި ޢީދުގެ މުނާސަބަތުގައި އެ ޤައުމުތަކުގެ ސަރުކާރުތަކަށާއި ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި، ގާތްތިމާގެ މީހުންނާއި އަވައްޓެރިންނާ އެކުގައި ޢީދުގެ އުފާ ފާޅުކުރުމުގެ ތެރެއިން ގުޅުންތައް ބަދަހިވެ، އީމާންކަން ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ﷲގެ ރަޙުމަތުން ފުރިގެންވާ އުފާވެރި ދުވަހަކަށް މި ދުވަސް ވެގެންދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.

މީގެ އިތުރުން، މި ޢީދަކީ މުސްލިމު މުޖްތަމަޢުގައި އޮންނަ އަޚްވަންތަކަމުގެ ރޫޙު އިތުރަށް ބަދަހިވެ، ހެޔޮ ރަޙްމަތް ލިބިގެންދާނެ ދުވަސްތަކެއް ކަމުގައި ވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް މުޢިއްޒުގެ މެސެޖުތަކުގައި ފާހަގަކުރައްވާފައިވެއެވެ.