އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ދެފަހަރު ބާއްވަމުން އަންނަ ވަރަށް މަގުބޫލު 'އުރީދޫ ފަން ރަން' ގެ ތައްޔާރީތަކުގެ ގޮތުން، ހުޅުމާލޭގައި ހުންނަ އެކުންފުނީގެ ބިލްޑިންގ މިވަނީ ހާއްސަ ލައިޓިންގއަކާއެކު ދިއްލާލާފައެވެ.

ކޮމިއުނިޓީ ރަނެއްގެ ގޮތުގައި ކުރިއަށްގެންދާ މި އިވެންޓް މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގަ އެވެ. އަދި މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލެވިފައެވެ.

Ad
rt

އުރީދޫ ފަން ރަން ފާހަގަކުރުމުގެ ގޮތުން، ހުޅުމާލޭގައި ހުންނަ އުރީދޫގެ މައި ބިލްޑިންގ ކޮންމެ ރެއަކުވެސް ފަން ރަންގެ ކުލަތަކުން ދިއްލާލަމުން އަންނަ އިރު، އުރީދޫއިން ވަނީ މި ހަރަކާތް އިތުރަށް ހާއްސަކުރުމުގެ ގޮތުން އާންމުންނާ އެކު ޝައުގުވެރި މުބާރާތެއް ފަށާފައެވެ. އެގޮތުން، ބިލްޑިންގ ލައިޓްތަކުގެ ވީޑިއޯތައް ރެކޯޑްކޮށް ސޯޝަލް މީޑިއާގައި ޝެއާކުރުމަށް ހުރިހާ ފަރާތްތަކަށް ވަނީ ދައުވަތު އަރުވާފަ އެވެ. މިފަދަ ހަރަކާތްތަކުން އަމާޒަކީ ދުވުމަށް އާންމުންގެ ޝައުގުވެރިކަން އިތުރުކޮށްލުމެވެ.

އުރީދޫއިން ބުނެފައިވާ ގޮތުގައި، ފަން ރަންގެ ބިލްޑިންގ ލައިޓްސް ހިމެނޭ ވީޑިއޯތައް ޝެއާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ހާއްސަ އިނާމެއް ލިބިގެންދާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ އުސޫލުތައް ތިރީގައި މިވަނީއެވެ:

އުރީދޫ ފަން ރަންއަށް ހާއްސަކޮށް އުރީދޫ ބިލްޑިންގ ދިއްލާލާފައިވާތަނުގެ ވީޑިއޯއެއް ނަގާލުން.

އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކް ގައި ޕޯސްޓްކޮށްލުން.

އުރީދޫ މޯލްޑިވްސް ޓެގްކޮށް (@ooredoomaldives) އަދި އުރީދޫ ފަން ރަން ހޭޝްޓެގް (#OoredooFunRun) ބޭނުންކޮށްލުން.

ވީޑިއޯ ޝެއަރ ކުރުމުގެ މި މުބާރާތް ކުރިއަށް ދާނީ އޮކްޓޯބަރ 31، 2025 ގެ ނިޔަލަށެވެ. އުރީދޫއިން ދަނީ އާންމުންނަށް އުފާވެރިކަމާއި ސިއްހީ ފައިދާ ލިއްބައިދިނުމުގެ ގޮތުން މިފަދަ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ.