އިންޓަރ ސްކޫލު ވޮލީ ބޯޅަ މުބާރާތް 2025 ގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހުރާ ސްކޫލުން ހޯދައިފި އެވެ.

އިންޓަރ ސްކޫލު ވޮލީ ބޯޅަ މުބާރާތް 2025 ގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކޯޗާއި އެންމެ މޮޅު 6 ކުޅުންތެރިން، ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން

Ad
rt

މި މުބާރާ ޗެމްޕިއަންކަން ހުރާ ސްކޫލުން ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެން،ފައިނަލް މެޗުގައި ވ.ކެޔޮދޫ ސްކޫލާއި ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ.

އިއްޔެ ހަވީރު ކުޅެވުނު ފައިނަލް މެޗުގައި ވ.ކެޔޮދޫ ސްކޫލުގެ މައްޗަށް ކުރި ހޯދައި ހުރާ ސްކޫލުން ސެޓުތައް ގެންދިޔައީ، 25-12، 25-21 އަދި 25-15 އިންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑެލް ހަވާލު ކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލު އެވެ.

އިންޓަރ ސްކޫލު ވޮލީ ބޯޅަ މުބާރާތް 2025 ގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކޯޗާއި އެންމެ މޮޅު 6 ކުޅުންތެރިން، ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހުރާ ސުކޫލުގެ އައިޝަަތު ދީމާ ނަދީމްއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހުރާ ސްކޫލުގެ ކޯޗް ތަޖުރިބާކާރު ކޯޗެއްކަމުގައިވާ މުޙައްމަދު ނަދީ އެވެ.

އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައިވަނީ ހުރާ ސްކޫލުގެ އައިޝަތު ދީމާ ނަދީމް، މަރިޔަމް ހަމްނާ މުޙައްމަދު، އައިޝަތު ޔުމްނު ޝާހިދު، ފާތުމަތު ނާޔާ ނަައުޝާދު އަދި ކެޔޮދޫ ސްކޫލުގެ ފާތުމަތު ޒައިނާ ރަޝީދު،އައިމިނަތު ރައިހާނަތު ފާއިޒު އެވެ.

ކ. ހުރައަކީ ކުޅިވަރުގެ ރޮނގުން ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ.