މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އެ އޮތްގޮތަށް އާންމުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ.
ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މިހާރު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މި ރިޕޯޓް އެއްކޮށް، އެއްވެސް އުނިއިތުރެއް ނުގެނެސް އާންމުކުރުމަށް ކޮމިޝަނަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
Received the report from the Commission. Instructed to publish it in full. https://t.co/fF0l8sWxl1
— Dr Mohamed Muizzu (@MMuizzu) June 17, 2025
ޔުމްނު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށް، ރައީސްގެ ޚާއްސަ ޤަރާރަކުން އިންކުއަރީ ކޮމިޝަން އުފެއްދެވީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ.
މިއީ މިފަދަ ކޮމިޝަނެއްގެ ރިޕޯޓެއް ދެފުށް ފެންނަ ގޮތަށް ވަގުތުން ހާމަކުރުމަށް ރައީސަކު އެންގެވި ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!