ހުޅުމާލެ ފޭސް ދެއެއްގައި ހުރި ކަރަންޓު ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް ރެންޗަކުން ހަމަލާދީ ބޯފަޅާ ލައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވަނީ މިކަން މިޑިއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ.
މިރޭ ހިނގި އެ ހާދިސާގައި އަނިޔާވި މުވައްޒަފަށް މިހާރު އަންނާނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އެ މުވައްޒަފަށް ހަމާލާދިން ދެ މީހުން ކުރެއް އެކަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
ޓްރާންސްފޯމަރަކުން ވައްކަން ކުރުމުގެ ސަބަބުން އެމްޕީއެލްގެ ފްލެޓުތަކުން ކަރަންޓު ކެނޑިފައިވާތީ، އެ މައްސަލަ އެކަން ހައްލުކޮށް ކަރަންޓު ދިނުމަށް ސްޓެލްކޮއިން އަންނާނީ މަސައްކަތް ކުރަމުނެވެ.
ޓްރާންސްފޯމަރަކާ ގުޅިފައިވާ އޮޕްޓިކް ފައިބަރ ކަނެކްޝަންތަކަށް ގެއްލުން ދީ، ސީސީޓީވީ ނިޒާމް ކަނޑާލަން ބަޔަކު މަސައްކަތްކޮށްފައިވާ މައްސަލައެއްވެސް މިރޭ ވަނީ ފެންމަތިވެފައެވެ.
ސްޓެލްކޯގެ ޓްރާންސްފޯމަރުތަކަކަށް ގެއްލުންދެނީ، މިފަހަރު ކެމެރާތަކަށް
ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ހުންނަ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ވަނީ ބޮޑު ވެފައެވެ. މީގެ ކުރިން ޓްރާންސްފޯމަރަށް ވަދެ ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން ވަނީ މަރު ވެސް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!