ކާއްޓަކީ އާންމުދިރިއުޅުމުގައި ކާށީގެ ކިރު، ކާށީގެ ހުނި އަދި އެނޫންވެސް އެތައް ބޭނުންތަކެއް ކުރެވޭ އެއްޗެކެވެ. ދުވަސްވެ ފަންނިކުންނަން ތައްޔާރުވެފައިވާ ކާށި ފަޅާލުމުން އެތެރޭގައި މަޑުކޮށް އުފެދިފައިވާ ބަޔަށް ދިވެހީން ކިޔައި އުޅެނީ " ކާށި މުޑި" ނުވަތަ "ރުއް މުޑި" އެވެ.

މިއީ ހުރިގޮތަށް ކާލަން މީރު ފޮނި ރަހައެއް އަދި ބައެއް މުޑީގައި ކޮންމެވެސް ވަރެއްގެ ލޮނު ރަހައެއްލާ މީރު އެއްޗެކެވެ.

Ad
rt

ކާއްޓާއި ކުރުނބާ ފެނަކީ އެތައް ފައިދާއެއް އެކުލެވިގެންވާ އެއްޗަކަށް ވާއިރު، ކާށީގެ މުޑީގައިވެސް ފައިދާ ތަކެއް އެކުލެވިގެން ވާނެކަމާ މެދު ޝައްކެތް ނެތެވެ.

މުޑިކާށިން ލިބިގެންދާ 10 ފައިދާއެއް

* މުޑީގައި އެކުލެވިގެންވާ ވައިރަސް، ބެކްޓީރިއާ އަދި އެހެނިހެން ޕެރަސައިޓް ނައްތާލާ މާއްދާގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ކޮށްދިނުމަށް އެހީވެދެއެވެ. އެހެންކަމުން ތަފާތު އިންފެކްޝަންތަކުން ރައްކާތެރި ކޮށްދިނުން.

* ގުދުރަތީ ގޮތުން ހަށިގަނޑުގައި ހަކަތަ ވަރުގަދަ ކޮށްދިނުމުގެ ބާރު އެކުލެވިގެން ވުމުން ހަރަކާތްތެރިވެ އުޅުމަށް ހަށިގަނޑުގައި ބާރު ޖައްސައިދިނުން.

* މުޑިއަކީ ފައިބަރ ގެ ބައި ގިނަ އެއްޗެއްކަމުން ހަޖަމު ކުރުމަށް އެހީތެރިވެދިނުމާއި، ގޮހޮރުގެ މައްސަލަތަކުން ދުރުކޮށްދީ އަދި ހަށިގަނޑަށް ބެނުންވާ ވިޓަމިން، މިނަރަލް އަދި އެހެނިހެން މާއްދާ ހަށިގަނޑަށް ފޯރުކޮށްދިނުމުގައި އެހީވެދިނުން.

* ހަށިގަނޑުގައި އިންސިއުލިން އުފަށްދައިދީ ހަކުރުބަލީގެ ސަބަބުން ދިމާވާ އުނދަގޫތަކާ ދުރުކޮށްދިނުން.

* އިންސިއުލިން މަދުވުމުން ހަށިގަނޑުގައި އުފެދޭ ކެންސަރާ ދުރުކޮށްދީ، އުމުރުން ދުވަސް ވުމުން ދިމާވާ ސިއްހީ މައްސަލަތަކުން ރައްކާތެރި ކޮށްދިނުން.

* ހަށިގަނޑުގައި ތައިރޮއިޑް އުފައްދައިދިނުން.

* ކިޑްނީ ގެ ބަލިތަކާ ކުޑަކަމުދާ ނިޒާމްގެ ބަލިތައް ޖެހުމުން ރައްކާތެރި ކޮށްދިނުން.

* ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީ ވެދިނުން.

* ހަންގަނޑު ސާފް ކޮށްދިނުމާއި އެކު ހަމުގެ މައްސަލަ ތަކުން ދުރުކޮށްދީ އިސްތަޑިގަނޑު ވަރުގަދަ ކޮށްދިނުން.

* އިރުގެ އަލިން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ދުރުކޮށްދިނުން.