ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި ގާއިމުކުރާ ސްވިމިންގ ޓްރެކްގެ މަސައްކަތް ކުރިއަށްދާ ކަމަށް އެރަށު ކައުންސިލްއިން ހާމަކޮށްފިއެވެ.
އެކައުންސިލުން ބުނީ ސަރުކާރުން ކުޅުދުއްފުށީގައި ސުވްމިން ޓްރެކެއް ޤާއިމްކުރުމަށްޓަކައި ކުޅުދުއްފުއްޓަށް ފޯރުކޮށްދިން ޓްރެކްގެ ތަކެތި ސްވިމިން އެސޯސިއޭޝަންގެ އިސްނެގުމާއި އެހީތެރިކަމާއެކު، އެސޯސިއޭޝަންގެ ލަފާގެ މަތިން އިންސްޓޯލް ކުރެވެމުން ދާކަމަށެވެ.
ސްވިމިން ޓްރެކް ރޭވުމުގެ ބުރަ މަސައްކަތަށް ކުޅުދުއްފުށީގެ ގިނަ ޒުވާނުންތަކެއްގެ އެހީތެރިކަން ލިބެމުން އަންނަކަމަށާއި، މިމަސައްކަތުގައި ކުޅުދުއްފުށީ ޕަބްލިކް ވޯރކްސްގެ ގިނަ މުވައްޒަފުން ތަކެއްވެސް ހަރަކާތްތެރި ވަމުން އަންނަ ކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ.
ޓްރެކް ރޭވުމުގައި ހަރާކާތްތެރިވާ މުވައްޒަފުންގެ އިންޓަރވަލް ކުޅުދުއްފުށީގެ ހެޔޮއެދޭ އެކި ފަރާތްތަކާއި ކައުންސިލްއިން އަންނަނީ ފޯރުކޮށްދެމުންނެވެ.
އެފަރާތްތަކަށް ކައުންސިލުން ވަރަށް ހާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ.
ކައުންސިލްއިން އެ ޓްރެކް ހައްޔަރު ކުރުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްސް އެޅުމާއި ދެންހުރި އެހެނިހެން އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.
އެ މަސައްކަތަށް ޚަރަދު ކުރުމަށް ހަމަޖެހިފަވަނީ އެ ކައުންސިލަށް 2020 ވަނަ އަހަރަށް ލިބިފައިވާ ބަޖެޓުން، އާޓިފިޝަލް ބީޗް އިތުރަށް ތަރައްޤީ ކުރުމަށް އެލޮކޭޓް ކުރެވިފައިވާ ފައިސާއިންކަމަށްވެސް އެ ކައުންސިލުން ހާމަކުރަށްވާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!