ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި ބާއްވާ ޖަމާއަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކޯހަކީ ޖަނާޒާތަކުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް ޖަމާއަތްތެރިން އުފެއްދުމުގެ މަގުސަދުގައި ނޭކުރެންދޫ ކައުންސިލުން އިންތިޒާމްކޮށް ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ "ރޫލްސް އޮފް ޖަނާޒާ ލެވެލް-1" އެވެ. ހަތަރު ހަފްތާގެ މުއްދަތައް ކުރިއަށް ގެންދާ މި ކޯހުގައި ތިއަރީބަޔާއި އަމަލީބައި ހިމެނޭނެއެވެ. އަދި ސެޝަންތައް ނިމުމުން އިމްތިހާނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ 13:00 ގެ ކުރިން ނޭކުރެންދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަލީ ނިޔާޒު (7414101) އަށް ގުޅުއްވުމަށް އެ ކައުންސިލުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!