2025 ފެށިގެން ރާއްޖޭގައި ފްލައިން ޓްކްސީ ބޭނުންކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އިންޑިޕެންޑެންޓުގެ އާޓިކަލް އެއް ޝެއަރ ކުރައްވާ ޝަރީފް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖެ އަކީ އަލަށް އުފަންވާ ޓެކްނޮލޮޖީ ވަރަށް އަވަހަށް ބޭނުން ކުރަން ފަށާ ގައުމެއްކަމަށާއި އެކަން އެހެން އޮތުމުން، 2025 ފެށިގެން ރާއްޖޭގައި އާންމުގޮތެއްގައި ފުލައިން ޓްކްސީ ބޭނުން ކުރުމަކީ އެކަށީގެން ވާކަމެއްކަމަށް ބުނެފައިވެއެވެ.
https://t.co/CypYSIm9T8 Rajje akee alah ufanvaa technology varah avahah beynun kuran fashaa gaumeh, ekan ehen othumum, 2025 feshigen rajjey gai anmugothehgai flying taxi beynun kurumakee ekasheegen vaakameh,.
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) January 7, 2020
ޝަރީފް ހިއްސާކުރި ލިންކުގައި ވަނީ އޫބަރ އަދި ހުޔުންޑާއިން ފްލައިން ޓެކްސީ ކުރިއަށް އޮތް 4 އަހަރު ތެރޭގައި ހަޤީގަތަކަށް ދާނެކަމަށް ބުނެ ލިޔެފައިވާ ޚަބަރެކެވެ.
ކެލާ ދާއިރާގެ މެންބަރު ފާހަގަ ކުރެވިފައިވަނީ މީސްމީޑިޔާގައި ވަރަށް ހަރަކާތްތެރި މެންބަރެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!