ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް ނާޒިމާ ޢަލީ ޢައްޔަނުކޮށްފި އެވެ.
ކޭއާރުއެޗުން އިއްޔެ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ނާޒިމާ އެ ހޮސްޕިޓަލްގެ ސީއީއޯ އަކަށް ޢައްޔަނުކުރިކަން ހާމަކޮށް، އޭނާ އަށް ވަނީ މަރުޙަބާ ކިޔާފައެވެ.
ނާސިން އަދި މެނޭޖްމެންޓް ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ނާޒިމާ އަކީ ސިއްހީ ދާއިރާގައި ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެންމެފަހުން ހުންނެވީ އައިޖީއެމްއެޗްގެ ނާސިންގ ކޯޑިނޭޓަރުގެ މަގާމުގައެވެ.
މިދިޔަ ސަރުކާރުން ގަވަރނިންގ ބޯޑެއްގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ކޭއާރުއެޗު ހަމަޖައްސައި އެތަނަށް ފުރަމަ ވެރިއެއްގެ ގޮތުގައި ޑެޕިއުޓީ ސީއީއޯ އަކަށް 8 އޯގަސްޓް 2021 ހަމަޖެއްސީ އަހުމަދު ދާއޫދެވެ.
މި ސަރުކާރު އައުމަށްފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދާއިމީ ވެރިއެއް ލައްވަންދެން އެތަނުގެ އެކްޓިން ހެޑެއްގެ ގޮތުގައި ތަން ހިންގަމުން އައީ އެތަނުގެ ފައިނޭންސް އެގްޒެޓިވް މުހައްމަދު މޫސާ އެވެ.
ކޭއާރުއެޗަކީ އުތުރުގެ މައި ހޮސްލިޓަލެވެ.
ނާޒިމާ ވަނީ ނިމުނު މަޖިލިސް އިންތިޚާބުގެ ޕީއެންސީ/ޕީޕީއެމް މަޖިލިސް ޕްރައިމަރީގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ ޓިކެޓަށް ވާދަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!