"ހޯރަފުށި އެއާޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ" މިޝިއާރުގެ ދަށުން ގަސް އިންދުމުގެ ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ.

އެއްލައްކަ ގަސް އިންދުމަށް އަމާޒު ކޮށްފައިވާ މިހަރަކާތުގައި ގަސް އިންދުމަށް ހަމަޖައްސާފައިވަނީ ހޯރަފުށީ އެއާޕޯޓް ހެދުމަށް ހާއްސަކޮށްގެން ހިއްކި ބިމުގެ ހޭޅިފަށުގަ އެެވެ.

Ad
rt

މިހަރަކާތް ކުރިއަށް ގެންދަނީ ރަށުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަށް ފެނިގެންދާ ގޮތަކަށް ކަމަށްވާތީ ވީހާވެސް ގިނަ ރައްޔިތުން މިކަމުގައި ބައިވެރިވުމަށް ހޯރަފުށީ ކައުންސިލުން އެެދިވަޑައިގެންފައި ވެއެވެ.

އެހަރަކާތަކީ ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަހުމަދު ސަލީމްގެ އިސްނެންގެވުމުގެ މަތިން ހިންގަވާ ހަރަކާތެއްކަމަށާއި، މިހަރަކާތަށް ބޭނުންވާ ގަސް މީގެ ހަމަސް ކުރިން ހޯދާ ހަމަ ކުރެވިފައި ވާކަމަށް ހޯރަފުށީ ކައުންސިލުން ހާމަ ކުރަށްވާފައި ވެއެވެ.

މިހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 5:00 ޖަހާއިރު އެވެ.

ހޯރަފުށި އެއާޕޯޓް ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތުގައި ހއ. އަތޮޅުގައި ހިންގާ ބައެއް ރިސޯޓްތަކާއި އެ އަތޮޅުގައި މީހުން ދިރިއުޅޭ ބައެއް ރަށްތަކުގެ ރައްޔިތުން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.