މިއަދު ކުރިއަށް ދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ހދ. ނޮޅިވަރަމް ދާއިރާގެ ޓިކެޓް އެ ދާއިރާގެ އެމްޑީޕީގެ ދާއިރާ ރައީސް އަލީ އަބުދުއްރަޙްމާނަށް ލިބިއްޖެއެވެ.

މި ދާއިރާގެ ޓިކެޓަށް ހދ. ނޭކުރެންދޫ އަށް ނިސްބަތްވާ ޢަލީ އާއެކު އިތުރު ދެ ކެންޑިޑޭޓަކު ވާދަކުރިއެވެ.

Ad
rt

''ތިލަދުން'' އަށް ލިބިފައިވާ ނުރަސްމީ ނަތީޖާއަށް ބަލާއިރު ޢަލީ އަށް ވަނީ ދާއިރާގެ ދެ ރަށުންނާއި ދާއިރާގެ މާލޭ ފޮށިން ޖުމްލަ 140 ވޯޓު ލިބިފައެވެ. އެއީ މާލޭ ފޮށިން 16 ވޯޓު، ނޮޅިވަރަންފަރު ފޮށިން 29 އަދި ނޮޅިވަރަމް ފޮށިން 95 ވޯޓެވެ.

އެ ދާއިރާއަށް ދެން ވާދަކުރި ނޮޅިވަރަންފަރަށް ނިސްބަތްވާ ޢަބުދުﷲ މުޙައްމަދު (އަބޯ) އަށް މާލޭ ފޮށިން 10 ވޯޓު، ނޮޅިވަރަންފަރު ފޮށިން 8 އަދި ނޮޅިވަރަމް ފޮށިން 31 ވޯޓާއެކު ޖުމްލަ 49 ވޯޓު ލިބުނެވެ.

ދެން އެ ޓިކެޓަށް ވާދަކުރި ކުޅުދުއްފުއްޓަށް ނިސްބަތްވާ އިހްސާން އާދަމަށް ތިން ފޮށިން ލިބުނީ 3 ވޯޓެވެ.

އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި 20 ވަނަ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ނަމަވެސް ބައެއް ދާއިރާތަކުގެ ވޯޓުުލުން ވަނީ ހެނދުނު 9:00 ގެ ކުރިން ފަށައިފަ އެވެ.

މި ޕްރައިމަރީގައި ޖުމުލަ 40 ދާއިރާއެއްގައި މިއަދު ބޭއްވިއިރު، ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަ ކުރިއެވެ. އަދި 25،325 މީހަކަށް މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނެވެ.